ކ. މާލެ
|
1 ޖޫން 2020 | ހޯމަ 15:55
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
އެންއައިސީގެ ދައުރު
ޖަލު އޮފިސަރުންނާއި ފުލުހުން ގާނޫނާ ޚިލާފަށް ހިންގާ ކަންކަން ބެލުމަށް އެންއައިސީ ހިންގުން ލާޒިމު: ހޯމް މިނިސްޓަރ
 
ގާނޫނާ ޚިލާފުކަންކަން ބަލާ ތަހުގީގުކޮށް ޕޮރިސިކިއުޓަރ ޖެނެރަލް އަށް ފޮނުވުމުގެ ފުރިހަމަ ބާރު އެންއައިސީ އަށް ލިބިފައިވޭ
 
އެންއައިސީގެ ދައުރު އެ ކޮމިޝަނަކަށް އަދާ ނުކުރެވޭ
 
ވަކިވަކި އޮފިސަރުން ގާނޫނާއި ހިލާފަށް ހިންގާ ކަންކަމުގައި ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް އެންއައިސީއަށް ބާރު ލިބިފައިވޭ

ޖަލު އޮފިސަރުންނާއި ފުލުހުން ޤަނޫނާ ޚިލާފަށް ހިންގާ ކަންކަން ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިނގުން ލާޒިމު ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންނާއި ޖަލު އޮފިސަރުން ޖަލުތަކުގައި ޤަނޫނީ އިމުން ބޭރުން ކަންތައްތައް ނުކުރެވޭގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާކަމެއް ކަމަށެވެ. ނަމަވެސް، ވަކިވަކި އޮފިސަރުން ޤާނޫނާއި ޚިލާފަށް ހިންގާ ކަންކަމުގައި ތަޙުޤީޤު ކޮށް ފިޔަވަޅު އެޅުމަށް، ޤާނޫނު ނަންބަރު 27/2015 ގައި ބުނާ މިނިވަން މުސްތަޤިއްލު ނެޝެނަލް އިންޓެގްރިޓީ ކޮމިޝަން ބަރާބަރަށް ހިނގުމަކީ ލާޒިމު ކަމެއް ކަމަށެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ އިރު މި ސަރުކާރު އައި ފަހުން ޖަލުތަކުގަައި ސިީރިއަސް ބޮޑެތި މައްސަލަތައް ކުރިމަތިވެ ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަތަކުގައި ފިޔަވަޅު އަޅަން މަސައްކަތް ކޮށްފައިވީ ނަމަވެސް އެންއައިސީގެ ދައުރު އެ ކޮމިޝަނަކަށް އަދާ ނުކުރެވެ އެވެ.

އަދި ފުލުހުން ގެ ބައެއް އޮފިސަރުންގެ ފަރާތުން މިފަހުން ބޮޑެތި މައްސަލަތައް ފެންމަތިވެ ޢާންމުންގެ ފާޑުކިއުން ޢަމާޒުވެފައި ވާއިރު އެ މައްސަލަތަކުގައި ވެސް ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައި ވެއެވެ. މި މައްސަލަތަކާއި ގުޅިގެންވެސް އެންއައިސީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޤާނޫނުގައި ފުލުހުންނާ ކަރެކްޝަންސް ގެ އޮފިސަރުންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަން އޮފިސަރުން ހިންގާ ޤާނޫނާ ޚިލާފުކަންކަން ބަލާ ތަޙުޤީޤުކޮށް ޕޮރިސިކިއުޓަރ ޖެނެރަލް އަށް ފޮނުވުމުގެ ފުރިހަމަ ބާރު އެންއައިސީ އަށް ލިބިފައި ވެއެވެ. ޤާނޫނު ނަންބަރު 27/2015 ގައި އެ ބާރުތައް އެ ކޮމިޝަނަށް ދީފައި ވީ ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެ ކޮމިޝަނުގެ ޙަރަކާތްތެރިކަން ފެނިފައެއް ނުވޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް