ކ. މާލެ
|
1 ޖޫން 2020 | ހޯމަ 04:10
ބްރެޒިލްގެ ގަބުރުސްތާނުގައި ވައިރަސް ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތައްޔާރީތައް ވަނީ
ބްރެޒިލްގެ ގަބުރުސްތާނުގައި ވައިރަސް ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތައްޔާރީތައް ވަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލް ގެ ހާލަތު
ބްރެޒިލްގެ ވައިރަސް ޖެހޭ މީހުން އަދަދުތައް މައްޗަށް، ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ގައުމަށް
ބްރެޒިލްގެ ސަރުކާރުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ތައްޔާރު ވަމުން
މާހިރުން ލަފާކުރާ ގޮތުގައި އަދިވެސް ބްރެޒިލްގެ ހާލަތު އަންނާނީ ގޯސްވަމުން
ބްރެޒިލް އަކީ ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަ ގައުމު

ބްރެޒިލްގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް މައްޗަށް ދަމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެގޮތުން ހޮނިހިރު ދުވަހު އެކަނި ވައިރަސް ޖެހުނު މީހުންގެ އަދަދު އުޅެނީ 33،274 ގަ އެވެ. އަދި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ ފްރާންސް ފަހަނަ އެޅުމަށްފަހު ހަތަރު ވަނަ ގައުމަށް ވެފަ އެވެ.

މިހާރު އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 505,487 (ފަސް ލައްކަ ފަސް ހާސް ހަތަރު ސަތޭކަ އަށްޑިހަ ހަތަކަށް) އަރާފަ އެވެ. ބްރެޒިލް އަކީ ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ބްރެޒިލްގައި ފާއިތުވި 24 ގަޑިއިރު ވައިރަސް ޖެހިގެން ވަނީ 956 މީހުން މަރުވެފަ އެވެ. މިހާތަނަށް އެގައުމުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 29,013 ށް އަރާފަ އެވެ.

އެހެންނަމަވެސް ބްރެޒިލްގެ ސަރުކާރުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް މާހިރުން ލަފާކުރާ ގޮތުގައި އަދިވެސް ބްރެޒިލްގެ ހާލަތު އަންނާނީ ގޯސްވަމުންނެވެ.

ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ސިޔާސަތުތަކާއި ލޮކްޑައުން ގެ ސަބަބުން އެގައުމުގެ އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ބުނެ އަންނަނީ ފިޔަވަޅުތަކަށް ވީ އެންމެ އަވަހަށް ލުއިދިނުމަށް ބާރު އަޅުއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް