ކ. މާލެ
|
31 މެއި 2020 | އާދީއްތަ 13:01
މާލެގައި ހުންނަ ކަރެކްޝަނަލް ސަރވިސްގެ ޖަލު: ގިނަ އޮފީސްތަކުން އޮންލައިންކޮށް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިދްމަތްތައް ދިނުމަށް ވަނީ ނިންމާފައި
މާލެގައި ހުންނަ ކަރެކްޝަނަލް ސަރވިސްގެ ޖަލު: ގިނަ އޮފީސްތަކުން އޮންލައިންކޮށް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިދްމަތްތައް ދިނުމަށް ވަނީ ނިންމާފައި
ރާއްޖެއެމްވީ
ކަރެކްޝަންސްގެ ހިދްމަތް
ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން ލިޔެކިޔުންތައް ބަދަލު ކުރާނީ އީމެއިލްއިން: ކަރެކްޝަން
 
ހޮޓްލައިން ނަމްބަރު 3312694
 
ބިލް އަދި ކޯޓޭޝަންތައް ފަދަ ލިޔުންތައް ފޮނުވުމަށް [email protected] އީމެއިލް ކުރުމަށް
 
ކުށުގެ ރެކޯޑާއި ސިޓީފަދަ ލިޔުންތައް ފޮނުވުމަށް [email protected] އީމެއިލް ކުރެއްވުން

ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް)އިން އާންމުންނަށް ދެމުންގެންދާ ބައެއް ޚިދުމަތްތައް އިންޓަރނެޓް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ދިނުމަށް ނިންމައިފި އެވެ.

އާދިއްތަ ދުވަހު ކަރެކްޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ މި ހާލަތުގައި، ސަރުކާރުގެ އޮފީސްތައް އާންމުކޮށް ހުޅުވާލަންދެން، ކަރެކްޝަންސްއިން އާންމުންނަށް ދެމުންދާ ބައެއް ޚިދުމަތްތައް ކަމަށްވާ ކުށުގެ ރިކޯޑް ސާފު ކުރުމާއި ސިޓީތަކާއި އެހެނިހެން ލިޔުންތަކާއި ބިލުތަކާއި ކޯޓޭޝަންތަކާއި އެނޫންވެސް ލިޔެކިޔުންތައް ހުށަހެޅުމަށް ވަނީ އީމެއިލް އެޑްރެސްތަކެއް އާންމު ކޮށްފަ އެވެ.

އެގޮތުން، ކުށުގެ ރެކޯޑް ސާފު ކުރުމަށް، ރެކޯޑް ފޯމް، [email protected] އަށް އީމެއިލް ކުރުމާއި، އާންމު ފަރާތްތަކުން ކަރެކްޝަންސްއަށް ހުށަހަޅަން ބޭނުންވާ ސިޓީތަކާއި އެހެނިހެން ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުމުގެ އިތުރުން ބިލުތަކާއި ކޯޓޭޝަންތަކާއި އެނޫންވެސް އެފަދަ ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުމަށް އެސަރވިސުން އެދިފައި ވެއެވެ.

މީގެއިތުރުން، މައުލޫމާތު ސާފު ކުރެއްވުމަށް، ހުކުރު އަދި ހޮނިހިރު ދުވަސް، ފިޔަވާއި ކޮންމެ ދުވަހެއްގެ ވެސް 10:00 އިން 14:00އާ ދެމެދު ކަރެކްޝަންސްގެ ހޮޓްލައިން ނަންބަރު، 3312694 އަށް ގުޅުއްވުން އެދޭކަމަށް ވެސް ކަރެކްޝަނުން އެދިފައި ވެއެވެ.

ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި ވާއިރު، މިމަހުގެ 29ން ފެށިގެން ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައި ވާތީ، ސަރުކާރުގެ އޮފީސްތައް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ވަކި ގަޑިތަކެއް ހުޅުވާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން މިވަނީ ނިންމާފަ އެވެ.

ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެމުންދިޔަ ނަމަވެސް، ކަރެކްޝަނުން ބަލަހައްޓަމުންދާ އެއްވެސް ޖަލެއްގައި މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް