2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ކުދި ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް، ޖޫން މަހުގެ ތެރޭގައި ޚާއްޞަ ޕްރޮގުރާމެއް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.
އާދީއްތަ ދުވަހު މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައި ވަނީ ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.
މިރާއިން ވަނީ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އަހަރަކު 5 މިލިއަން ރުފިޔާއާ 10 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން، މީރާގެ ނަންބަރ އަށް މެސެޖު ކުރުމަށް އެދިފަ އެވެ.
އެގޮތުން، މީރާގެ ނަންބަރު 9821415 ވައިބަރ އިން މެސެޖު މެދުވެރިކޮށް، ނުވަތަ މީރާގެ އީމެއިލް mira.gov.mv@1415 އަށް އީމެއިލްކޮށް، ވިހާވެސް އަވަހަކަށް ނަން ނޯޓުކުރަމުން ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.