ކ. މާލެ
|
31 މެއި 2020 | އާދީއްތަ 03:42
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ރާއްޖެއެމްވީ
އެމްޑަބްލިއުއެސްސީން ތަޢާރަފްކުރި ޚިދުމަތްތައް
ފެން ބިލަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފި
 
އިތުރު މައުލޫމާތު ހޯދުމަށް 1050 އަށް އެސްއެމްއެސް ކުރެވޭނެ
 
އިތުުރު މައލޫމާތު ހޯދުމަށް 105 އަށް ގުޅުމަށް ވަނީ އެދިފައި

ޗެކް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް، ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް އިން ބުނެފި އެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުންގެންދާ ވިޔަފާރިތަކާއި، މުއައްސަސާތަކާއި، ޑޮމެސްޓިކް ކެޓަގަރީގެ ކަސްޓަމަރުންނަށް ޗެކަގެ ބަދަލުގައި ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މި ކެޓަގަރީގައި ހިމެނޭ ފަރާތްތައް ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ފޮނުވުމަށް ވަނީ އެދިފަ އެވެ.

MVR 7701-101705-001

USD 7701-101705-002

ފައިސާ ފޮނުވުމަށް ފަހު،https://banktransfers.mwsc.com.mvލިންކަށް ވަދެ އިތުރު މައުލޫމާތު ފުރިހަމަ ކުރުމަށް ވަނީ އެދިފަ އެވެ. ފުރިހަމަ ކުރަންޖެހޭ މައުލޫމަތު ފުރިހަމަ ނުވާނަމަ އެފަރާތެއްގެ އެކައުންޓް އަޕްޑޭޓް ވުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

ބޭންކް ޓްރާންސްފަރގެ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ކަސްޓަމަރކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވައިގެން ނުވަތަ[email protected]އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް