ކ. މާލެ
|
31 މެއި 2020 | އާދީއްތަ 04:08
ޓްރީޓޮޕް ހޮސްޕިޓަލު ޚާއްސަ ކުރެވިފައިވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެމުން
ޓްރީޓޮޕް ހޮސްޕިޓަލު ޚާއްސަ ކުރެވިފައިވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދެމުން
ރާއްޖެއެމްވީ
ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދޭ މީހުން
މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 13 މީހަކަށް، 2 މީހަކު އައިސީޔޫގައި
2 މީހަކަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި
ހުރިހާ ބަލި މީހުންނަށްވެސް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި
އެއްވެސް މީހަކު ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ނުދޭ

ކޮވިޑް-19 އާ ގުޅިގެން މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 13 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ކޮވިޑް-19 ޓާސްކް ފޯހުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މި ވަގުތު ހުރިހާ ބަލި މީހުންނަށް ވެސް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އެއްވެސް މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ނުދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

13 މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އަދި އެއްވެސް މީހަކު ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ނުދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 5 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 401 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

- ކޮމެންޓް