ކ. މާލެ
|
31 މެއި 2020 | އާދީއްތަ 04:14
ޗައިނާގެ ސީސީސީސީ ކުންފުނިން ރާއްޖޭގެ ސިނަމާލެ ބްރިޖް ހެދުމުގެ މަސައްކަތުގެ ތެރެއިން
ޗައިނާގެ ސީސީސީސީ ކުންފުނިން ރާއްޖޭގެ ސިނަމާލެ ބްރިޖް ހެދުމުގެ މަސައްކަތުގެ ތެރެއިން
އަޝްވާ ފަހީމް
ޗައިނާއަށް ދުނިޔެއަށް އެހީތެރިވެދިނުން
ޗައިނާ އިން އެންމެ މުއްސަނދި 32 ގައުމަށްވުރެ ގިނައިން ދުނިޔެއަށް އެހީތެރިވެދޭ
ޗައިނާއިން 1.5 ޓްރިލިއަން އެމެރިކާ ޑޮލަރު ދުނިޔޭގެ 150 ގައުމަކަށް މިހާތަނަށް އައިރު ދޫކޮށްފައިވޭ
2000 ން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު ވަނީ 500 ބިލިއަން ޑޮލަރުން 5 ޓްރިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައި
ރިޕޯޓްނުކޮށް ލޯންތައް ދޫކޮށްފައިވާ އަދަދު 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެ ދަށުން އެކި ގައުމުތަކުގައި އައު މަގުތަކާއި، ޕޯރޓުތަކާއި ރެއިލްވޭ ތަކާއި އިންފްރާ ސްޓްރަކްޗަރ ގެ އެކި އެކި ޕްރޮޖެކްޓްތައް ހިންގުމަށް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ދުނިޔޭގެ އެކި ކޮންޓިނެންޓްތަކުގެ ގައުމުތަކުގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ޗައިނާއިން އަންނަނީ ލޯނުތައް ދެމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދި 32 ގައުމަކަށްވުރެ ގިނަ އިން ޗައިނާއިން އަންނަނީ އެކި ގައުމުތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ލޯނު ދެމުންނެވެ.

ޗައިނާއިން ގައުމުތަކުގެ އިންފްރާ ސްޓަރަކްޗަރ ތަރައްޤީ ކުރުމަށް މިދޭ އެހީތެރިކަމަކީ އެހެން ގައުމުތަކަށް ޗައިނާގެ ނުފޫޒާއި ބާރު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިންގުމަށް ދޭ ފައިސާ ދައްކަން ޖެހޭއިރު ޕްރޮޖެކްޓްތައް ހިންގުމަށް ހޭދަވާ ފައިސާ އަށްވުރެ ގިނައިން ދައްކަންޖެހޭ މައްސަލާގައި ގައުމުތަކުން އަންނަނީ ޗައިނާއިން ދޭ ލޯނުގެ އެހީތެރިކަން ގަބޫލުކުރާމެދު ދެވަނަ ވިސްނުމަކަށް ދަމުންނެވެ.

ކިއެލް އިންސްޓިޓިއުޓް ފޯރ ދަ ވޯރލްޑް އެކޮނިމީން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި 2000 ން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު ވަނީ 500 ބިލިއަން ޑޮލަރުން 5 ޓްރިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފަ އެވެ.

މީގެއިތުރުން ޗައިނާއިން 1.5 ޓްރިލިއަން އެމެރިކާ ޑޮލަރު ދުނިޔޭގެ 150 ގައުމަކަށް މިހާތަނަށް އައިރު ދޫކޮށްފައިވާ ކަމަށް ވަނީ ރިސަރޗްތަކުން އެނގިފަ އެވެ. އެއާއެކު ޗައިނާ ވެގެން ގޮސްފައި މިވަނީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރާ ތަނަށެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯރލްޑް ބޭންކަށްވުރެވެސް ގިނަ އިން ޗައިނާއިން އަންނަނީ ގައުމުތަކަށް ފައިސާ ދޫކުރަމުންނެވެ. މީގެއިތުރުން ރިޕޯޓްނުކޮށް ލޯންތައް ދޫކޮށްފައިވާ އަދަދު 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ވަނީ ހާމަވެފަ އެވެ.

މިއާއެކު އުފެދޭ ސުވާލަކީ ޗައިނާއަށް މިހާގިނަ އަދަދަކަށް އިންވެސްޓް ކުރުމަށް ފައިސާ ދޫކުރެވެނީ ކީއްވެގެންތޯ އާއި މީގެ ސަބަބުން ޗައިނާއަށް ލިބޭނީ ކޮން ފައިދާ ތަކެއްތޯ އެވެ. އަދި ދުނިޔެއަށް މީގެ ބަދަލެއްގެ ގޮތުގައި ޗައިނާއަށް ދޭންޖެހޭނީ ކޮން އެއްޗެއްތޯ އެވެ.

ކިއެލް އިންސްޓިޓިޔުޓްގެ ޕްރޮފެސަރ ކްރިސްޓޮފަރ ޓްރެބެޝް މިކަމާއި ގުޅޭގޮތުން އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ލޯނުތައް ދޫކޮށްގެން ގައުމުތަކުގެ އިންފްރާސްޓަރކްޗަރ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދުނިޔޭގެ ބާރަކަށްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. މީގެކުރިން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައްވެސް ދުނިޔޭގެ ބޮޑު ބާރަކަށް ވުމުގައި މަސައްކަތް ކޮށްފައިވަނީ ފައިސާގެ ގޮތުން އެހީތެރިކަން ދިނުމުގެ އިތުރުން މިލިޓަރީ ގޮތުން އެހީތެރިކަން ދީގެން ކަމަށެވެ.

މީގެއިތުރުން ޕްރޮފެސަރ ޓްރެބެޝް ބުނެފައިވަނީ ޗައިނާއިން ލޯނުތައް ދޫކުރާއިރު އެހެން ގައުމުތަކާއި އަޅާބަލާއިރު އިންޓްރެސްޓް ރޭޓް ބޮޑުކަމަށާއި ކުރު މުއްދަތެއްގައި ދައްކަންޖެހޭއިރު ލޯން ނުދެއްކޭ ފަދަ ހާލަތެއްގައި އެހެން ގޮތަކަށްނަމަވެސް ޗައިނާއިން އޭގެން މަންފާ ލިބޭގޮތަށް އެގްރިމެންޓްތައް ހަދާ ކަމަށެވެ. އަދި ހަދަމުންދާ އެގްރިމެންޓްތަކުގެ ގިނަ މައުލޫމާތުތަކަކީ ދެ ފުށް ފެންނަ ނުވަތަ ހާމަކުރެވޭ ފަދަ މައުލޫމާތުތަކެއް ނޫންކަމަށް ޓްރެބެޝް ބުނެފައިވެ އެވެ.

ޗައިނާއިން ޕްރޮޖެކްޓްތައް ހިންގަން ފައިސާ ދޫކުރާއިރު ނުވަތަ ޗައިނާއިން ގައުމުތަކުގައި ޕްރޮޖެކްޓްތައް ހިންގާއިރު އެމީހުންގެ ކުންފުނިތަކުން ހުރިހާ ކަމެއް ކުރާކަން ޓްރެބެޝް ފާހަގަކުރެއްވި އެވެ. މިފަދަ ސަބަބު ތަކާހެދި ޗައިނާއިން ދޫކުރާ ލޯނުތައް ގައުމުތައް ގަބޫލުކުރާ ކަމަށް ޓްރެބެޝް ވިދާޅުވިއެވެ. ނަމަވެސް ޗައިނާއިން ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް މަތިވުމަކީ ގައުމުތަކުން މިކަމާމެދު ދެވަނަ ވިސްނުމަކަށް ދާ ސަބަބެއް ކަމަށް ޓްރެބެޝް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ޖޫން 2020 | ބުރާސްފަތި 10:46
ޜިފާއު4090
ޢިންޑިއާ ލޯނު ދިނީ ކިހާދުވަހަކުން ދައްކާ ފޮތައްބާ؟ ބަދޅުގެ ފޮތުގައި ތާއްޖޭގެ އެކިސަތހައްދުން ކިތައް ބިން އިންޑިއާ އަށް ކިތައް އަހރައް ދޭން ޖެހުނުތަ..
2 ޖޫން 2020 | އަންގާރަ 18:08
ކެކެކެ
އެހެންތަ؟ އެހެންވިއްޔާ ޝުކުރިއްޔާ އިންޑިއާ!