ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 22:20
ކޮވިޑް-19 ޓެސްޓު ސާމްޕަލެއްގައި ލޭބަލްކުރުމުގެ މަސައްކަތްކުރަނީ
ކޮވިޑް-19 ޓެސްޓު ސާމްޕަލެއްގައި ލޭބަލްކުރުމުގެ މަސައްކަތްކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 401ށް އަރައިފި
 
އިތުރު 16 މީހަކު ހޮނިހިރު ދުވަހު ވަނީ ރަނގަޅުވެފައި

ރާއްޖެއިން ކޮވިޑް-19 އިން 401 މީހަކު ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ހޮނިހިރު ދުވަހުގެރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްޜޫކް އަޒީޒު ވިދާޅުވީ އިތުރު 16 މީހަކު ރަނގަޅުވެފައިވާކަމަށެވެ. އަދި އެޔާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 401 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެ އިން ހޮނިހިރު ދުވަހު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 81 އަށް އަރާފައެވެ. އެހެންކަމުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1672 އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 1264 އެވެ.

23860 ސާމްޕަލް މިހާތަނަށް ނެގިފއިވާއިރު އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1291 މީހަކު އަދި ކަރަންޓީން ފެސިލިޓީސް ތަކުގައި 1478 މީހަކު ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ ފަހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް