ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 20:10
މާލެ - ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނުނެރެވޭ ގޮތަށް ބިލްގައިވޭ
މާލެ - ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނުނެރެވޭ ގޮތަށް ބިލްގައިވޭ
އަޝްވާ ފަހީމް
ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލު
ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިސް ދިނުމަކާ ނުލައި މީހުން ނުނެރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި
 
ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާ ވަހިކަން ފޯރުކޮށްދޭންވާނެ
 
ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމްކޮފައިވޭ
 
މި ބިލް ވަނީ މިހާރު މަޖިލީހަށް ފޮނުވާފައި

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުންނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެނޯޓިހެއް ދިނުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލެއް އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފަ އެވެ. އޭޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުން "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 29 މޭ 2020 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެން ނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާގުޅޭ ޚާއްޞަ ބިލެއް އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފަ އެވެ. އޭޖީ އޮފީހުން ބުނީ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 29 މޭ 2020 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރި ވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. މީގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައި ވާނެކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

މީގެއިތުރުން މި ބިލު އެކުލަވާލާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރި ވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރު ކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

މިގޮތުން މިބިލްގައި މައިގަނޑު ގޮތެއްގައި ދިރިއުޅޭ ތަންތަނާއި ގުޅޭގޮތުންނާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ގުޅޭގޮތުންނާއި ވަޒީފާ އާ ގުޅޭގޮތުން އަދި މީގެއިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ލުއިތަކެއް ދެވޭނެ ގޮތްތަކެއް ވާނީ ހިމަނާފައި ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

ދިރިއުޅޭ ތަންތަން:

  • އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ލާޒިމުކޮށްފައިވޭ
  • މިކަން ލާޒިމު ކޮށްފައިވަނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށް
  • ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދު ކަނޑާލައިގެން ނުވާނެ

ޙާލުގައިޖެހިފައިވާ ފަރާތްތަކާގުޅޭ:

  • ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާ ވަހިކަން ފޯރުކޮށްދޭންވާނެ
  • ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑު ތައްވެސް ބިލުގައި ވަނީ ކަނޑައަޅާފައި
  • ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ
  • އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން

ވަޒީފާއާގުޅޭ:

  • ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންނަށް ޚާއްޞަ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްޞަ ޗުއްޓީ ދޭންވާނެ
  • އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައި ދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް
  • މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާ މެދު ފިޔަވަޅު އެޅުން ހުއްދަވާނެ ޙާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ޙާލަތްތައް، ބަޔާންކޮށްފައިވޭ
  • އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ޙާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި ކަމުގައި ބިލުގައި ކަނޑައަޅާފައިވޭ

މިބިލްގައި އެހިނެހެން ކަންކަމުގެ ތެރޭގައި ކަނޑައަޅާފައިވަނީ ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތަކަކެވެ. އަދި ކޯޓު ތަކުގައާއި ޓްރައިބިއުނަލް ތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީ ފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
50%
0%
0%
0%
0%
ކޮމެންޓް