ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 19:24
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮވިޑް-19އާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮވިޑް-19އާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން
ރާއްޖެއެމްވީ
ކަރަންޓުގެ މައްސަލަ ހައްލު ކޮށްދިނުން
ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްޓެލްކޯގެ މުވައްޒަފުން ގޮސް ހައްލުކޮށްދޭނެ: މުގުނީ
 
ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރެއްވި
 
ސްޓެލްކޯއިން މަސައްކަތް ކުރަނީ އަބަދުވެސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް
 
މައްސަލައެއް ދިމާވެއްޖެނަމަ އެންގުމަށް ވަނީ އެދިފައި

ކޮވިޑް-19ގެ މިހާލަތުގައި މާލެ ސިޓީ ގެއަކުން ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން ގޮސް މައްސަލަ ހައްލުކޮށްދޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ މާލެސިޓީގެ ގެއަކުން ކަރަންޓު ކެނޑިއްޖެ ހާލަތުގައި ނުވަތަ އެހެން ވެސް ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ސްޓެލްކޯއަށް އެންގުމުން މުވައްޒަފުން އެމައްސަލަ ހައްލު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ގޭގެއިން ކަރަންޓް ކެނޑިއްޖެކަމުގައި ވިއްޔާ އަދި އެގޭގެ ވައެރިންގެ މައްސަލައެއް ކަމަށްވަންޏާ ސްޓެލްކޯގެ މުއައްޒަފުން އެގެއަކަށް ގޮސް އެކަންކަން ރަނގަޅު ކޮށްލަ ދިނުން. މީގެ ކުރިން ގޭގެ އިންޓާނަލް ވައެެރިންގެ ކަންތައްތަކަކީ ސްޓެލްކޯގެ އެކަންކަން ގޮސް ކުރާ ކަމެއް ނޫން. މިހާތަލުގައި ވަރަށް ދަތިވާނެ އިލެކްޓްރިޝަނެއް ހޯދަން. މިއީ ހިލޭ ދޭ ޚިދުމަތެއް. ސްޓެލްކޯއަށް ގުޅީމަ އެންމެ އަވަހަށް ސްޓެލްކޯގެ މުއައްޒަފުން ގޮސް އެކަން ކޮށްދޭނެ.
މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ

މުގުނީ ވިދާޅުވީ ސްޓެލްކޯއިން މަސައްކަތް ކުރަނީ އަބަދުވެސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކަމަށާއި ލޮކްޑައުންގެ މިހާލަތުގައި ރައްޔިތުންނަށް ހަމަޖެހިލައިގެން ތިބެވެނީ ކަރަންޓްގެ ޚިދުމަތް ފުރިހަމައަށް ލިބޭތީ ކަމަށެވެ.

މިހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް މުގުނީ ފާހަގަކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް