ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 07:31
ހުޅަނގު މޫސުމުގެ ވިއްސާރަ، މާލެސިޓީއަށް ބޯކޮށް ވާރޭވެހެނީ
ހުޅަނގު މޫސުމުގެ ވިއްސާރަ، މާލެސިޓީއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
މޫސުން ކުރިޔަށް ލަފާކުރާ ގޮތް
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާރޓްގެ މުއްދަތު އިތުރުކޮށްފި
ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓް ހުންނާނެ

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ނެރުނު ވައިޓް އެލާރޓްގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ހުކުރު ދުވަހުގެ ރޭގަނޑު 8:30ން މެންދަމު 1:00ށް ނެރެފައިވާ ވައިޓް އެލާރޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ފަތިހު 05:00ން ހެނދުނު 10:00އާއި ހަމަޔަށް އެލަރޓްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައެވެ. މެޓް އޮފީހުން ބުނީ، އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުކުރު ދުވަހުގެރޭ 8:00ން ހޮނިހިރު ދުވަހުގެރޭ 8:00ށް މޫސުން ކުރިޔަށް ލަފާކުރާގޮތް އާންމުކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓް ހުންނާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް