ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 22:32
ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަސްގެންދަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަސްގެންދަނީ
ރާއްޖެ އެމްވީ
ކޮވިޑް-19ށް ޕޮޒިޓްވުން
ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
އެޔާއެކު ޖުމްލަ އަދަދު ވަނީ 1،513 އަށް އަރާފަ
ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 35 ބަންގްލަދޭޝް މީހުން ހިމެނޭ
ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރޭގައި ގިނައީ ބިދޭސީން

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

އެޔާއެކު ރާއްޖެއިން ކޮވިޑް-އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،513ށް އަރާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ބުނީ އޭގެތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، 35 ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ. އަދި އިންޑިއާގެ 3 ރައްޔިތެއް ކަމަށެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރުން ވިދާޅުވެފަިއވަނީ ރާއްޖެއިން ދުވާލެއްގެ މައްޗަށް 50 ކޭސް ފެނުމަކީ ގިނަ އަދަދެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ބޭސްލައިންއަކީ 40 ނުވަތަ 50 ކަމަށް ގަބޫލުކުރާކަމަށް އެޗްޕީީއޭގެ ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެސިޓީގެ އާބާދީއަށް ބަލާއިރު ދުވާލަކު 50 ކޭސް ފެނުމަކީ ބޮޑު އަދަދެއް ނޫން ކަމަށެވެ.

ރާއްޖެއިން ބަޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އޭގެއިތުރުން ދެވަނަ އަށް ދިވެހިން ހިމެނޭއިރު، ދެން އެންމެ ގިނަ ކޭސްތައް ރާއްޖެއިން ފެނިފައިވަނީ އިންޑިއާ އަދި ނޭޕާލް ރައްޔިތުންނެވެ.

- ކޮމެންޓް