ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 03:37
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - ނިއު ނޯމަލްގައި ޚިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުން
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - ނިއު ނޯމަލްގައި ޚިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުން
ޔޫސުފް ސޮފްވާން ރަޝީދު
ނިއު ނޯމަލްއަށް ތައްޔާރުވުން
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރު ހުޅުވާލައި ޚިދުމަތްދޭނެ ގޮތްތަކާ މެދު ދަނީ މަޝްވަރާ ކުރަމުން: މީރާ
ގިނަ ބަޔަކު ޚިދުމަތް ހޯދާ ސެންޓަރެއް
ފައިސާ ދެއްކުމަށް ގިނަ ބަޔަކު އަންނާނެ
މުވައްޒަފުންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެން

ނިއު ނޯމަލްގައި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރު އާންމުންނަށް ހުޅުވާލައި ޚިދުމަތްދޭނެ ގޮތްތަކާ މެދު މަޝްވަރާތައް ކުރަމުންދާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުދަ ދުވަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުހުއްﷲ ވިދާޅުވީ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަކީ ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދެއްކުމަށްށާއި، އެހެން ކަންކަމަށް ޒިޔާރަތް ކުރާތަނެއް ކަމަށެވެ.

ފަތުހުއްﷲ ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން އެއް ފަހަރާ މީރާގެ ކައުންޓަރުތަކަށް އަންނަކަމުގައިވާނަމަ ނިއު ނޯމަލްގައި ބަހައްޓަންޖެހޭ އިޖްތިމާއީ ގައިދުރުކަން ބެހެއްޓޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި ޚިދުމަތް ހޯދުމަށް އަންނަ މީހުން ވެސް އަމިއްލަ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާސްކް އެޅުން ފަދަ ކަންކަން ކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

މީރާގައި ކައުންޓަރުތައް ބޭނުން ކުރުމުގައި މީރާގެ ކައުންޓަރގެ އޭރިއާތަކުގައި މީހުން މެނޭޖް ކުރުމުގައި ވެސް ޚާއްސަ ކަންތައްތައް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދަނީ އޭގެ ތެރޭގައި ކިޔު ތަރުތީބު ކުރާނެ ގޮތާއި، މީރާއިން ބޭރުގައި މަޑު ކުރާނެ ގޮތާއި، އެއްފަހަރާ ކިތައް މީހުންނަށްތޯ މީހުންނަށް ވަދެވޭނީ. ގޮނޑިތަކުގައި އިށީންނާނީ ކިހިނެއްތޯ. ކޮން ގޮތަކަށް ތޯ އެއިންތިޒާމްތައް ހަމަޖައްސާނީ. އެމަޝްވަރާތައް ދަނީ ކުރަމުން.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލު

އަތޮޅުތެރޭގެ ރަށްރަށުގައި ހުރި މީރާގެ އޮފީސްތައް ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވައި ފަތުހުﷲ ވިދާޅުވީ މި އޮފީސްތަކުގައިވެސް ނިއު ނޯމަލްގައި އަމަލުކުރާ އުސޫލުން އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.

15 އަތޮޅެއްގައި އަޅުގަނޑުގެމެން އޮފީސްތައް މަސައްކަތް ކުރަމުން ގެންދޭ. އެހުރިހާ ފަރާތްތަކަށް ސަމާލުކަން ދީގެން އޮފީހަށް މުވައްޒަފުން ނެރުމުގައި ވެސް އެއްފަހަރާ ހުރިހާ މުވައްޒަފުން އަންނަން ނުޖެހޭ ގޮތަށް މިހާރެކޭ އެއްގޮތަށް ވޯކް ފްރޮމް ހޯމް ހެދެން ހުރި ފަރާތްތަކަށް މުވައްޒަފުން ގޭގައި ތިއްބަވާގެން މަސައްކަތް ކުރައްވަ ގޮތަށް ކޮންމެހެން އޮފީހަށް އަންނަން ޖެހޭ ނުވަތަ ގޭގައި އެފަދަ މަސައްކަތެއް ކުރެވެން ނެތް ފަރާތްތައް އޮފީހަށް އައިސްގެން ޚިދުމަތް ދިނުން ވިސްނުމަކީ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލު

ފަތުހުﷲ ވިދާޅުވީ މީރާއިން މަސައްކަތް ކުރަނީ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްފަހު ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އެހެންކަމުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

- ކޮމެންޓް