ކ. މާލެ
|
27 މެއި 2020 | ބުދަ 20:57
އިންޑިއާގެ ފަޤީރު ޞަރަޙައްދެއްގައި ކޮވިޑް-19 ސާމްޕަލް ނަގަނީ: އިންޑިއާއިން ވަނީ ބަލިހުރި މީހުން ދެނެގަތުމަށް ކޮމިއުނިޓީ ސަރަވައިލެންސް ޕްރޮގުރާމެއް ފަށާފަ
އިންޑިއާގެ ފަޤީރު ޞަރަޙައްދެއްގައި ކޮވިޑް-19 ސާމްޕަލް ނަގަނީ: އިންޑިއާއިން ވަނީ ބަލިހުރި މީހުން ދެނެގަތުމަށް ކޮމިއުނިޓީ ސަރަވައިލެންސް ޕްރޮގުރާމެއް ފަށާފަ
ކޮވިޑް-19: އިންޑިއާގެ ޙާލަތު
ކޮވިޑް-19: އާބާދީގެ ނިޞްބަތުން އެންމެ މަދުން މީހުން މަރުވީ އިންޑިއާގައި
އިންޑިއާގެ އާބާދީގެ ކޮންމެ 100،000 މީހުންގެ ނިޞްބަތުން ބަލާއިރު މަރުވާ މީހުންގެ ރޭޓަކީ%0.3
ޖުމުލަ އާބާދީއަށް ބަލާއިރު މަރުވާ މީހުންގެ މިހާރުގެ ޜޭޓަކީ %2.87
އިންޑިއާގައި މިހާތަނަށް 145،380 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، 4،167 މީހުން ވަނީ މަރުވެފަ

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔޭގައި މީހުން މަރުވަމުންދާ ރޭޓަށް ބަލާއިރު، އެންމެ މަދުން މީހުން މަރުވި ޤައުމަކީ އިންޑިއާކަން އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރ އިން ޢާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ޢާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެޤައުމުގައި މަރުވީ މީހުންގެ ރޭޓަކީ އާބާދީގެ ކޮންމެ 100،000 މީހުންގެ ނިޞްބަތުން ބަލާއިރު %0.3 އެވެ. އެއީ މުޅި ދުނިޔެއަށް ބަލާއިރު އާބާދީގެ ގޮތުން މަރުވާ މީހުން އެންމެ ދަށް އަދަދެވެ. މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ކޮވިޑް-19 ފެތުރެމުންދާ އެހެނިހެން ޤައުމުތަކުގައި މަރުވާ މީހުންގެ ރޭޓު ހުރީ އާބާދީގެ ކޮންމެ 100،000 މީހުންގެ ނިޞްބަތުން ބަލާއިރު %4.4 ގައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިޞްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ވަނީ، ކުރިޔާލާ ވައިރަސް ޖެހޭ މީހުން ދެެނެގަނެ، އެމީހުންނަށް ފަރުވާދިނުމުގައި އެޤައުމުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އިންޑިއާގައި މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވީ 145،380 މީހުންނެވެ. އަދި މަރުވީ 4،167 މީހުންނެވެ.

އިންޑިއާގެ މައި ސަރުކާރާއި، ޞަރަޙައްދީ ސަރުކާރު ތަކުން ދަނީ ކޮވިޑް-19ން ސަލާމަތްވެ ރައްކާތެރިވުމަށް، ވަކިން ޚާއްޞަކޮށް ބަލި ފެތުރުނަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރެތޯ ގާތުން ބަލާ، އަދި ޙާލަަތައް ބަލާ މުރާޖަޢާ ކުރުމުގެ މަސައްކަތް ދުވަހުން ދުވަހަަށް ދަނީ ކުރަމުންނެވެ.

ވަކިން ޚާއްޞަކޮށް އިންޑިއާގައި ވަނީ ކޮވިޑް-19ށް ޓެސްޓު ކުރެވޭ މިންވަރު ވަަރަށް ބޮޑު ތަނުން އިތުރުކޮށްފަ އެވެ. މިހާރު ދުވާލެއްގެ މައްޗަަށް، 110،000 ސާމްޕަލް ނަގާ ތަހުލީލު ކުރެއެވެ. އަދި ވައިރަސްއަށް ޓެސްޓުކުރާ އިތުރު ލެބޯރެޓަރީތައް ޤާއިމުކޮށް އިންސާނީ ވަޞީލަތް އިތުރުކޮށް، ތަހުލީލުކުރުމަށް ބޭނުންކުރާ ޚާއްޞަ ޕީޓީ-ޕީސީއާރް މެޝިން ވަނީ އިތުރުކޮށްފަ އެވެ. އަންގާރަ ދުވަހާއި ހަމަޔަށް ބަލާއިރު، އިންޑިއާގައި ކޮވިޑް-19ށް ތަހުލީލު ކުރެވޭ 612 ލެބޯރެޓަރީ އެބަހުއްޓެވެ. މީގެ ތެެރެއިން 430 ލެބޯރެޓަރީ ހިންގަނީ އެޤައުމުގެ ކައުންސިލް އޮފް ރިސަރޗް އިންނެވެ. އަނެއް 182 ލެބޯރެޓަރީ އަކީ ޕްރައިވެޓް ތަންތަނެވެ.

އިންޑިއާގައި މަރުވާ މީހުންގެ ރޭޓު އެއްވަރެއްގައި ހިފެހެއްޓިފައި ވާއިރު، ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ވެސް މިހާރު ހުރީ %41.61ގަ އެވެ. އަންގާރަ ދުވަހާއި ހަމަޔަށް 60،491 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުކޮށްފަ އެވެ. މަރުވާ މީހުންގެ ރޭޓު މެިއ މަހުގެ 15ގަ %3.30 ގައި ހުރިއިރު މިހާރު ވަނީ %2.87ށް ތިރިވެފަ އެވެ. މިއީ، މުޅި ދުނިޔެއަށް ބަލާއިރު އެންމެ ދަށް އަދަދެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މަރުވާ މީހުންގެ އެވްރެޖް ރޭޓު ހުރީ %6.45ގަ އެވެ.

- ކޮމެންޓް