ކ. މާލެ
|
26 މެއި 2020 | އަންގާރަ 22:36
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް
ސަން އޮންލައިން
މޯލްޑިވް ގޭހުގެ މުވައްޒަފުން ޕޮޒިޓިވްވުން
މޯލްޑިވް ގޭހުގެ 14 މުވައްޒަފަކު ޕޮޒިޓިވްވެ، 20 މުވައްޒަފަކު އައިސޮލޭޝަންގައި
ޕޮޒިޓިވް ވެފައިވަނީ ޑެލިވަރީގައި ހަރަކާތްތެރިވާ ފަރާތްތައް
ގޭސް ޑެލިވަރ ކުރުމުގައި މިވަގުތު ދަތިކަމެއް ނެތް

މޯލްޑިވް ގޭހުގެ 14 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 20 މީހަކު މިވަގުތު އައިސޮލޭޝަންގައި ތިބިކަމަށް މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލީ އިކްރާމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އިކްރާމް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ މީހުންނަކީ ބިދޭސީން ކަމަށާއި އެ ފަރާތްތަކަކީ ޑެލިވަރީގައި ހަރަކާތްތެރިވާ ފަރާތްތައް ކަމަށެވެ.

ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ދެ ދުވަހެއްގައި މާލޭ ސަރައްދުގައި ގޭސް ޑެލިވަރ ކޮށްދިނުމުގައި ދަތިތައް ދިމާވަމުންދާ ކަމަށާއި ނަމަވެސް މިހާރު އެކަން ވަނީ ހައްލު ކުރެވިފައި ކަމަށެވެ.

އަދި މިހާލަތުން އަރައިގަނެ ސަރުކާރުން ލުއި ތަކެއް ދިންނަނަމަވެސް ފުރަތަމަ 14 ދުވަހު އަމަލު ކުރަމުންދާ މިވަގުތު އަމަލު ކުރަމުންދާ އުސޫލާއި އެއްގޮތަށް ކަމަށް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ މުވައްޒަފުން މި ވަގުތު މަސައްކަތް ކުރަމުންދަނީ ދެ ޝިފްޓަށް ބަހާލައިގެން ކަމަށާއި 10 ދުވަހު މަސައްކަތް ކުރުމަށްފަހު ޖެހިގެން އަންނަ 10 ދުވަސް އޮފް ލިބޭ ގޮތަށް ކަމަށެވެ. އަދި ގޭސް ފުޅި މިވަގުތު ޑެލިވަރ ކޮށްދެނީ ކޮންމެ ގެއެއްގެ ވެސް ގްރައުންޑް ފްލޯ އާއި ހަމައަށް ކަމަށާއި މޮނިޓަރިންގެ ހާލަތުގައިވާ ގެއެއްނަމަ އެ ގޭގައި ހުންނަ ހުސްފުޅި ނަގާނީ ކަރަންޓީނުން މުއްދަތު އުވާލުމުން ކަމަށް ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ މޯލްޑިވް ގޭހުން ވެސް ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލެއް ޑްރާފްޓްކުރެވިފައިވާ ކަމަށާއި ބުދަ ދުވަހު އެ އެ އުސޫލް ފައިނަލް ކުރާނެ ކަމަށެވެ.

- ކޮމެންޓް