ކ. މާލެ
|
27 މެއި 2020 | ބުދަ 05:16
ރިއޯ ޑި ޖެނޭރިއޯގެ ގަވަރުނަރު ވިލްސަން ވިޓްޒެލް
ރިއޯ ޑި ޖެނޭރިއޯގެ ގަވަރުނަރު ވިލްސަން ވިޓްޒެލް
އަލްޖަޒީރާ
ކޮރަޕްޝަންގެ ތުހުމަތުތަކާއިއެކު ކުރެވުނު ތަހުގީގު
ކޮރަޕްޝަންގެ މައްސަލައެއްގައި ރިއޯގެ ގަވަރުނަރުގެ ގެކޮޅު ރެއިޑްކޮށްފި
އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވާފަ

ކޮރަޕްޝަންގެ މައްސަލައެއްގައި ބްރެޒިލްގެ ރަށެއް ކަމަށްވާ ރިއޯ ޑި ޖެނޭރިއޯގެ ގަވަރުނަރު ވިލްސަން ވިޓްޒެލް ދިރިއުޅުއްވާ ގެކޮޅު ރެއިޑްކޮށްފިއެވެެ.

ރިއޯގެ ގަވަރުނަރަކީ ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮންޔާރޯގެ ސިޔާސީ ވާދަވެރިއަކަށްވާއިރު، ސިފައިން އޭނާގެ ގެކޮޅު ރެއިޑްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައެވެ.

މިކަމާއި ގުޅިގެން ފެޑަރަލް ފުލުހުން ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ ގަވަރުނަރުގެ ގެކޮޅު ރެއިޑު ކުރެވުނީ ކޮވިޑް-19 އަށް ޚާއްސަކޮށްފައިވާ ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރެއްވި ކަމުގެ ތުހުމަތު ކުރެވުމުން ހިންގުނު ތަހުގީގުގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް، އޭނާ ހައްޔަރު ކުރުމަށް ވޮރެންޓެއް ނެރެފައެއް ނުވެއެވެ.

މި ތުހުމަތުތައް ވިޓްޒެލް އިންކާރުކުރައްވާފައިވާއިރު، މިއީ ސިޔާސީ ބޭނުމަކަށް ކުރެވިގެންދިޔަ ކަމެއްގެ ގޮތުގައި ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ދެބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވެފައިވާއިރު، ވިޓްޒެލް އަކީ ބޮލްސޮންޔާރޯއަށް ފާޅުގައި ފާޑުވިދާޅުވާ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް