ކ. މާލެ
|
26 މެއި 2020 | އަންގާރަ 21:41
ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލް: ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައި
ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލް: ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައި
ކުޅުދުއްފުށި އޮންލައިން
ކުއްލި ގޮތަކަށް ކުއްޖަކު ނިޔާވުން
ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް
ކޮވިޑް-19 އަށް އެ އަންހެން ކުއްޖާ ޓެސްޓު ކުރާނެ
ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 16:30 ހާއިރު

ކުޅުދުއްފުށީ ސިޓީގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދޫ ރާއްޖެ.އެމްވީ އަށް ވިދާޅުވީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 16:30 ހާއިރު ކަމަށެވެ. ގެންދިޔައިރުވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދާއޫދު ވިދާޅުވީ، ކުއްޖާ ނިޔާވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

ނަމަވެސް މިހާރު ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ ކުއްޖާގެ ސާމްޕަލް ނަގައި އަންގާރަ ދުވަހުގެރޭ މާލެއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

- ކޮމެންޓް