ކ. މާލެ
|
26 މެއި 2020 | އަންގާރަ 06:34
ދުބާއިގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލުވުން
ދުބާއިގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލުވުން
-
ކޮވިޑް-19: ޔޫއޭއީ
ދުބާއިގެ ފަތުރުވެރިކަމުުގެ ދާއިރާގެ ހަރަކާތްތެރިވާ ފަރާތްތަކާއި އެކު މަޝްވަރާ ކޮށްފި
އާންމު ހާލަތަށް ރުޖޫއުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވޭ
އެއާރޕޯޓްގައި ފަތުރުވެރިން ސްކޭން ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު
މިހާތަނަށް ޔޫއޭއީން ޖުމްލަ 30،307 މީހަކު ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި ދުބާއިގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.؛

މެދު އިރުމަތީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ދުބާއިގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެ ދާއިރާގެ ޝާމިލުވާ ފަރާތްތަކާއި އޭވިއޭޝަންގެ އިސްއޮފިޝަލުންނާއެކު ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. އެގޮތުން މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި ދުބާއިގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާއިރު އަމަލުކުރާނެ ތަފާތު ގޮތްތަކާއި ބެހޭ ގޮތުން އެކި ފަރާތްތަކުގެ ހިޔާލުތައް ވަނީ ހޯދާފަ އެވެ. އެގޮތުން، ހާލަތު ބަދަލުވެ އާންމު ހާލަތަކަށް ރުޖޫއަ ވަންދެން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފަ އެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލާއިރު އެއަރޕޯޓުގައި ފަތުރުވެރިން ސްކޭން ކުރެވޭނެ ގޮތްތަކާއި އަންނަ ފަސިންޖަރުން މޮނިޓަރ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދެކެވިފައިވެ އެވެ. ބައްދަލުވުމުގައި ވަނީ، ޔޫއޭއީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް މަަޝްވަރާކޮށްފަ އެވެ.

މިހާތަނަށް ޖުމުލަ 30،307 މީހަކު އެ ގައުމުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާއިރު، ބަލި ޖެހިގެން 248 މީހަކު ވަނީ މަރުވެފަ އެވެ. އަދި 15،657 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ހޯމަ ދުވަހު 822 މީހަކު ކޮވިޑް-19 ޖެހިގެން އަލަށް ރިޕޯޓުކޮށްފައި ވާއިރު 3 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

- ކޮމެންޓް