ކ. މާލެ
|
24 މެއި 2020 | އާދީއްތަ 17:36
މެޑަމް ފަޒްނާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު ޕްރެކްޓިސް ކުރައްވަނީ
މެޑަމް ފަޒްނާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު ޕްރެކްޓިސް ކުރައްވަނީ
އަތޫފް އާތިފް
މެޑަމް ފަޒްނާގެ ފިތުރު އީދުގެ ތަހުނިޔާ މެސެޖް
ފަސްޓް ލޭޑީ ފަޒްނާގެ ފިތުރު އީދުގެ ތަހުނިޔާ ހާއްސަކުރެއްވީ ކުޑަކުދިންނަށް
ކުޑަކުދިން ކެތްތެރިކަމާއެކު ލޮކްޑައުންގެ ސަބަބުން ގޭގައި ތިބޭތާ މަހަކަށްވުރެ ގިނަ ދުވަސް ތިބިކަން ފާހަގަކުރެއްވި
ކުޑަކުދިންގެ މަރުކަޒުތަކުގައި ކުދިން ބަލަހައްޓަމުން ގެންދާ ފަރާތްތަކަށްވެސް ތަހުނިޔާ ވިދާޅުވި
މިދިޔަ އަހަރު ރައީސްގެ ދެކަނބަލުން ވަނީ ކުޑަކުދިން ހިޔާގެ ކުޑަކުދިންނަށް ޚާއްސަ ރޯދަ ވީއްލުމެއް ދެއްވާފައި

ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރަން ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ކަމަށާއި, ވަކިން ޚާއްސަކޮށް ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ތިބި ކުދިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ފިތުރު އީދު ދުވަހާއި ގުޅުވައިގެން ރާއްޖެ ޓީވީން ގެނެސްދިން "ބާޒާރުމަތިން އެކްސްޓްރާ އީދު ސްޕެޝަލް" ޕްރޮގްރާމަށް ސްކައިޕް މެދުވެރިކޮށް ރައީސްގެ ދެކަނބަލުން ދެއްވި ބަސްދީގަތުމެއްގައި، ފިތުރު އީދާއި ގުޅުވައިގެން ޚާއްސަ މެސެޖެއް ދެއްވުމަށް ދެންނުވުމުން ފަޒްނާ ވިދާޅުވީ ފިތުރު އީދުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަރިސްކުރައްވާ ކަމަށެވެ.

އެހެންނަމަވެސް ޚާއްސަ ގޮތެއްގައި ކުޑަކުދިން ކެތްތެރިކަމާއެކު ލޮކްޑައުންގެ ސަބަބުން ގޭގައި ތިބޭތާ މަހަކަށްވުރެ ގިނަ ދުވަސް ތިބިކަން ފާހަގަކުރައްވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ. ބޭރުތެރެއަށް ކުޅެލަން ނިކުތުމުގެ ފުރުސަތު ނެތި އެކުދިން ތިބި އިރު ވަރަށް ވަރަށް ޚާއްސަކޮށް ފިތުރު އީދުގެ ތަހުނިޔާ ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ތިބި ކުދިންނަށް އަރިސްކުރާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އެއީ ފިޔަވަތި އާއި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން. އަޅުގަނޑުވެސް ވަރަށް ދުވަސްވެއްޖެ މިހާރު އެކުދިން ނުފެންނަތާވެސް، އެހެންވީމާ އެކުދިންނަށާއި އެކުދިން ބަލަހައްޓާ ވަރަށް ކެތްތެރިކަމާ އަމާނާތްތެރި ކަމާއެކު ލޮކްޑައުން ތެރޭގައި އެކުދިން ބެލެހައްޓުމާ ހަވާލުވެހުރި ހުރިހާ ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކީގައި ފިތުރު އީދުގެ ތަހުނިޔާ އެބޭފުޅުންނަށް ވަރަށް ޚާއްސަ ގޮތެއްގައި އަޅުގަނޑު ރައްދުކުރަން.
ފަޒްނާ އަހުމަދު / ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

މެޑަމް ފަޒްނާއަކީ ކުޑަކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ.

އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު ވަނީ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަ ވީއްލުމެއް ދެއްވާފަ އެވެ. މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސް ނެންގެވުމުގެ މަތިން ބޭއްވި ރޯދަ ވީއްލުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް