ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 20:52
މިފްކޯގެ އީދު ހަދިޔާ: ޖޫންމަހުގެ ނިޔަލަށް އަގުތައް ހެޔޮ ކުރިކަން އިއުލާނުކުރި ޕޯސްޓް
މިފްކޯގެ އީދު ހަދިޔާ: ޖޫންމަހުގެ ނިޔަލަށް އަގުތައް ހެޔޮ ކުރިކަން އިއުލާނުކުރި ޕޯސްޓް
މިފްކޯ
ފަސްމީރު މިވަރެއްނެތް ޕޮރޮމޯޝަން
ފަސްމީރު މިވަރެއްނެތް ޕޮރޮމޯޝަން: ޖޫންމަހުގެ ނިޔަލަށް މަސްދަޅުގެ އަގު ހެޔޮކޮށްފި
ޕްރޮމޯޝަންގައި 640 ރުފިޔާއަށް ތެޔޮމަސް 48 ދަޅުގެ ކޭހެއް ލިބޭނެ
ފެން މަސްދަޅުގެ 48 ދަޅުގެ ކޭސްވެސް ވަނީ 595 ރުފިޔާއަށް އަގު ހެޔޮ ކުރެވިފަ

މިފްކޯއިން މިއަހަރުގެ ރޯދަމަހަށް ފެށި ޕްރޮމޯޝަން "ފަސްމީރު މިވަރެއްނެތް!" ގެ ދަށުން ކަނޑުމަސް ތެލުގައި އަދި ކަނޑުމަސް ފެނުގައި ބަންދުކޮށްފައިވާ މަސްދަޅުގެ އަގު، ޖޫން މަހުގެ ނިޔަލާއި ހިސާބަށް އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މި ޕްރޮމޯޝަން އަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

މުޅި ދުނިޔެއާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހިތްދަތިކަމާއި ގުޅިގެން އާންމުންގެ ދިރިއުޅުމުގެ ހާލަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް މިފްކޯއިން ބުނީ މިފްކޯގެ ކަސްޓަމަރުންނަށް ދޭ ޢީދު ހައިދާއެއްގެ ގޮތުންނާއި ފޯރުކޮށްދެވޭނެ އެހީތެރިކަމެއްގެ ގޮތުން މިޕްރޮމޯޝަންގައި އިއުލާނުކުރެވުނު ހެޔޮ އަގު ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.

މިފްކޯއިން ބުނީ މީގެކުރިން ތެޔޮމަސް 48 ދަޅުގެ ކޭހެއް 680 ރުފިޔާއަށް ހުރި ނަމަވެސް ޕްރޮމޯޝަންގައި 640 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ފެން މަސްދަޅުގެ 48 ދަޅުގެ ކޭސްވެސް ވަނީ 645 ރުފިޔާއިން 595 ރުފިޔާއަށް އަގު ހެޔޮ ކުރެވިފައިވާ ކަމަށެވެ.

މިފްކޯގެ މަސްދަޅު ކޭހާއި އެހެނިހެން މަހުގެ ބާވަތްތައް މާލެއާއި ހުޅުމާލޭގައި ހުރި މިފްކޯ މަސް ފިހާރައިގެ އިތުރުން މިފްކޯގެ ސައިޓްތަކުގައި ހުންނަ މަސްވެރިންގެ މެރީނާ ޝޮޕްތަކާއި މިފްކޯ އައިސް ޕްލާންޓްތަކުން ދާއިމީކޮށް ލިބޭނެއެވެ.

- ކޮމެންޓް