ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 05:15
ރެންޑަމް ސާމްޕަލް ނެގުމުގު މަސައްކަތް ކުރިއަށްދަނީ
ރެންޑަމް ސާމްޕަލް ނެގުމުގު މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވުން
ނަތީޖާ ލަސްވާ ސަބަބު: ފުރަތަމަ ދޮށީ އުމުރުގެ މީހުން، ދެން ތޮއްޖެހިގެން އުޅޭ މީހުން
ނަތީޖާ ލިބުމުގައި ރީ-ޕްރައޯރިޓައިޒް ކުރެވިގެން ދާނެ: މަބްރޫކް އަޒީޒް
ތޮއްޖެހިފައިވާ ގޭބިސީތަކުން ނެގޭ ސާމްޕަލްތަކަށް އިސްކަންދެވޭ: މަބްރޫކް
ސާމްޕަލް ނެގުމުގައި ބައެއް ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިވޭ: އާރްއާރް ޓީމް

ސާމްޕަލްތައް ނެގުމަށް ފަހު ޓެސްޓު ތަކުގެ ނަތީއްޖާ ލަސްވާން މެދުވެރިވާ ސަބަބު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ސާފުކޮށްދީފީ އެވެ.

މާލޭގެ އިތުރުން ރަށްރަށުން ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ނުލިބި ގިނަ ވަގުތުތަކެއް މަޑުކުރަން ޖެހުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަން މިހެން ދިމާވާ ސަބަބު ސާފުކޮށްދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސާމްޕަލްތަކުގެ ނަތީޖާތައް ލިބެމުންދަނީ އެ ސާމްޕަލްތައް ނަގާ އޯޑަރަކުން ނޫން ކަމަށެވެ. މަބްރޫކް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ހޯދަން އިސްކަންދޭ ކަމަށެވެ.

ސާމްޕަލް ނަގާ އޯޑަރަކަށް ނޫން ސާމްޕަލްގެ ނަތީޖާ ގެންނަނީކީއެއް. އޭތީ ރީ ޕްރިއޮޓަރައިޒް ކުރޭ އެންމެ އަވަހަށް ބޭނުންވާ ސާމްޕަލްތައް ކުރިޔަށްލުމަށް ފަހުގައި. އެއީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އަޅުގަނޑުމެންގެ އެކި ސިއްހީ ޑޮކްޓަރުންނާއި ނަރުހުން އެކީގައި ތިއްބަވާ ބޭފުޅުންނަށްވުރެ ބައެއް ފަހަރު މުހިއްމު މިސާލަކަށް އުމުރުން ދުވަސްވި މީހަކު ޕޮޒިޓިވްވާއިރު ނުވަތަ ޑައިރެކްޓް ކޮންޓެކްޓްވާ މީހަކު ކޮންޖެސްޓެޑް ތަނެއްގައި އުޅެންޏާ އޭނާގެ ސާމްޕަލްގެ ނަތީއްޖާ އެ ގޮތަށް ރީ ޕްރިއޮޓޮރައިޒް ކުރެވޭ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

އެންއީއޯސީ ގެ ފަރާތުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ ރެޕިޑް ރެސްޕޯންސް ޓީމު (އާރްއާރްޓީ) ތަކުންނެވެ. މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާރްއާރް ޓީމުގެ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ސާމްޕަލްތައް ނެގުމުގައި ބައެއް ކަހަލަ ގޮންޖެހުންތަކަކާއި ދިމާވާ ކަމަށެވެ.

އެގޮތުން ސާމްޕަލްތައް ނެގުމަށް ފަހު ރައްކާތެރި ކަމުގެ ގޮތުން އަޅާ ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ބަދަލުކުރަން ޖެހުމުން ބައެއް ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ފުރަބަންދުގެ ހާލަތުގައި ވެސް މާލޭ ގައި ދިމާވާ ޓްރެފިކް މައްސަލަތަކާއި ގުޅިގެން ބައެއް ކަހަލަ ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.

- ކޮމެންޓް