ކ. މާލެ
|
22 މެއި 2020 | ހުކުރު 19:07
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން
ޓްވިޓަރ
އިންޑިއާ - ދިވެހިރާއްޖެ
ރާއްޖެ އިންޑިއާގެ ދިފާއުގައި، އިންޑިއާ އަކީ މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން
ދެ ގައުމު ދޭތެރޭގައި ވަރަށް ''ގާތް'' ގުޅުމެއް ވަނީ އުފެދިފައި
ދެކުނު އޭޝިޔާގެ ގައުމުތަކުން އެކަތިގަނޑަަކަށްވެގެން މަސަައްކަތް ކުރަން ޖެހޭ: ރާއްޖެ
މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ އިންޑިއާއާ

އަވަށްޓެރި އިންޑިއާއަކީ މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން ކަމަށް ބުނެ ރާއްޖެއިން އިންޑިއާގެ ދިފާއުގައި ތެދުވެ ވަކާލާތު ކޮށްފި އެވެ.

ރާއްޖެ އިންޑިއާ އާއި އެެއްކޮޅަށް ވަކާލާތު ކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކައުންސިލް ބައްދަލުވުމުގައި އިންޑިއާގެ އެއްމެ ވާދަވެރި ސަރަހައްދީ ގައުމު ކަމަށްވާ ޕާކިސްތާނުން އިންޑިއާ އިން މުސްލިމުންނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓްކުރާ ކަމަށް ބުނުމުންނެވެ.

ޕާކިސްތާނަށް ރާއްދު ދެމުން ރާއްޖެއިން ބުނީ، އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އެއް ގައުމު ކަމަށާއި، އެ ގައުމުން މުސްލިމުންނާ ދެކޮޅު ހަރަކާތްތަތަކެއް ޕްރޮމޯޓް ކުރާ ވާހަކަ ބުނުމަކީ ގޯހެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ މުސްލިމު ގައުމުތަށް ކަމަށްވާ ސައުދީ އަރަބިޔާ، ޔޫއޭއީ، އަފްގާނިސްތާނުގެ އިތުރުން ފަލަސްތީނު ފަދަ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ރާއްޖެއިން ވަނީ އޯއައިސީގެ ކައުންސިލްގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. ރާއްޖެއިން ބުނީ، ދެކުނު އޭޝިޔާގެ ގައުމުތަކުން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

މި ސަރުކާރުން ދަނީ އިންޑިއާ އެކު ވަރަަށް ''ގާތް'' ގުޅުންތަކެއް ބާއްވަމުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ރައީސް ސޯލިހުވެސް ވަނީ މޯދީގެ ދައުވަތަކަށް އިންޑިއާ އަށް ވަޑައިގެންފައެވެ. އޭގެ އިތުރުންވެސް ދެ ގައުމު ދޭތެރޭގައި އެކި ކަހަލަ އެއްބަސްވުންތަކުގައި ސޮއިކުރެވި ދެ ގައުމުގެ ވަޒީރުން ގެންދަވަނީ ރަސްމީ ދަތުުރުފުޅުތައް ކުރައްވަމުންނެވެ.

- ކޮމެންޓް
23 މެއި 2020 | ހޮނިހިރު 00:08
އަޅު
ރާއްޖެ ވަނީ އިންޑިއާގެ ފޫބުޑަށް ގޮސް ވެއްޓިފަ..