ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދަރާއިން ވައިޓް އެލަރޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލަރ ޓް ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އެގޮތުން އެ ސަރަހައްދު ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ ހެނދުނު 10:00ން މެންދުރު ފަހު 15:00 އަށެވެ.
މީގެ އިތުރުން ހއ. އަތޮޅުން އައްޑޫ ސިޓީއަށް ވެސް ވަނީ ވައިޓް އެލަރޓް ނެރިފަ އެވެ.
މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފިހުން ބުނެއެވެ.
މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ ހެނދުނު 9:30ން މެންދުރު 14:00 އަށެވެ.
ކުރިޔަށް އޮތް 24 ގަޑީއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.