ކ. މާލެ
|
22 މެއި 2020 | ހުކުރު 11:40
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު، ކޮވިޑް-19އާ ގުޅިގެން ފުލުހުން ދަނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހަރަކާތްތެރިވާން ފަށާފައި
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު، ކޮވިޑް-19އާ ގުޅިގެން ފުލުހުން ދަނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހަރަކާތްތެރިވާން ފަށާފައި
ރާއްޖެއެމްވީ
ނިއު ނޯމަލްގައި ފުލުހުން ދަނީ ތައްުޔާރުވަމުން
ނިއު ނޯމަލްގައި އައު ޕްރޮޓޮކޯލްތަކެއް އެކުލަވާލާނެ: ސީޕީ ހަމީދު
ފުލުހުންގެ ވޯކް ފޯސް ރަނގަޅަށް ބަލަހައްޓާނެ
ފުލުހުންގެ ތެރޭގައި ކޮންމެހެން ބާއްވަންޖެހޭ ބްރީފިންއެއް ނޫނިއްޔާ ނުބާއްވާނެ
ނިއު ނޯމަލްއަށް ފުލުހުން ވަނީ ތަމްރީން ކުރެވިފައި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން 'ނިއުނޯމަލް'ގައި އައު ޕްރޮޓޮކޯލްތަކެއް އެކުލަވާލާނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއު އެއްގައި ސީޕީ ހަމީދު ވިދާޅުވީ ނިއު ނޯމަލްގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭނީ ފުލުހުންގެ ވަރކް ފޯރސް ރަނގަޅަށް ބެލެހެއްޓުމަށް ކަމަށެވެ.

ފުލުހުންނަކީ 'ފްރޮންޓްލައިން'ގައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާތީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ކޮންމެހެން ބާއްވަންޖެހޭ ބްރީފިންއެއް ނޫނިއްޔާ ނުބާއްވާނެ ކަމަށެވެ. އަދި ކެއުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. ފުލުހުންގެ ތެރޭގައި ފުލުހުން ވެސް ދިރިއުޅެމުން ދާނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެންކަން ސީޕީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯސްއެއް އެކުލަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފުލުހުން ހިމެނޭ ކަމަށާއި، މަސައްކަތްތައް ރޭވިގެން ދަނީ އެމީހުންގެ އިރުޝާދާއި އެއްގޮތަށް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު އަޅުގަނޑުމެން މިއަންނަނީ ގްރެޖު'އަލް ރިލެކްސިންއެއް އަޅުގަނޑުމެން އެންމެން ވެސް ތައްޔާރުވަމުން މިއަންނަނީ. އަންގާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި، އަލަށް އެކުލަވާލެވޭ މިންގަނޑުތައް ތަންފީޒު ކުރުމަށްޓަކައި އެޗްޕީއޭގެ މަސައްކަތްކާއި ގުޅިގެން އާ އަޅުގަނޑުމެންގެ ތެރޭގައި ޕްރޮޓޮކޯލްތަކެއް އުކަލަވާލެވިގެންދާނެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު

ސީޕީ ހަމީދު ވިދާޅުވީ 'ނިއު ނޯމަލް' ގައި ފުލުހުންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، ފުލުހުންނަށް ވެސް ފުރިހަމަ ތަމްރީނު ދެވިފައިވާ ކަމަށެވެ. ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަން ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ.

- ކޮމެންޓް