ކ. މާލެ
|
22 މެއި 2020 | ހުކުރު 11:35
ކޮވިޑް-19 އާއި ގުޅިގެން ޓޮޔޯޓާ ބްރޭންޑްގެ ކާރުތަކެއް ހުރި ޝޯވރޫމެއް ބަންދުކޮށްފައި
ކޮވިޑް-19 އާއި ގުޅިގެން ޓޮޔޯޓާ ބްރޭންޑްގެ ކާރުތަކެއް ހުރި ޝޯވރޫމެއް ބަންދުކޮށްފައި
ރޮއިޓަރސް
އިނގިރޭސިވިލާތުގެ އިގްތިޞާދު
އިނގިރޭސިވިލާތުގެ ކާރު ޝޯވރޫމް ތައް ވީއެންމެ އަވަހަކަށް ހުޅުވާލަން ގޮވާލައިފި
 
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެގައުމުގެ އިގްތިޞާދު ހުޅުވާލާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލާފަ
 
ކާރު އުފައްދާ ކާރުޚާނާތަކުގެ ސޭލްސް ވަނީ 40 އިންސައްތަ ދަށަށް ގޮސްފައި

އިނގިރޭސި ވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން 'ލޮކްޑައުން' ކޮށްގެން އަޅާފައިވާ ފިޔަވަޅުތަކަށް، ދެން އަންނަ ފިޔަވަހީގައި ލުއި ތަކެއް ދޭއިރު އެ ގައުމުގެ 5000ށް ވުރެ ގިނަ ކާރު ޝޯވރޫމްތައް ހުޅުވާލަން ފުރުސަތު ދޭން ޖެހޭނެ ކަމަށް އެ އިންޑަސްޓްރީން ބުނެފި އެވެ.

މަރޗް މަހުގެ މެދު ތެރެއިން ފެށިގެން އިނގިރޭސި ވިލާތުގެ ކާރު ފެކްޓްރީތަކާއި އެކަމާއި ގުޅުންހުރި އެހެން ފެކްޓްރީތަކާއި ޝޯވރޫމްތައް ވަނީ ބަންދުކޮށްފަ އެވެ. އެއާއެކު ކާރު އުފައްދާ ކާރުޚާނާތައް ނުވަތަ ފެކްޓްރީތަކުގެ ސޭލްސް ވަނީ 40 އިންސައްތަ ދަށަށްގޮސްފަ އެވެ. ނަމަވެސް ބައެއް ތަންތަނުން ވަނީ ކާރާއި ގުޅުންހުރި ތަކެތި އުފައްދަން ފަށާފަ އެވެ.

މޮޓޯ މެނުފެކްޗަރަރސް އެންޑް ޓްރޭޑަރސް މައިކް ހޭވްސް ގެ ޗީފް އެގްޒެކެޓިވް މިކަމާއި ގުޅިގެން ބުނެފައި ވަނީ ކާރު ޝޯވރޫމް ތަކަކީ ބޮޑެތި ތަންތަން ކަމަށާއި އެހެންކަމުން އިޖުތިމާޢީ ގައިދުރުކަން ބަހައްޓައިގެން އެމީހުންނަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މި ވިޔަފާރިތައް ހުޅުވާލުމަށް ފުރުސަތު ދިނުމުން ގަންނަން ބޭނުންވާ މީހުންނަށް އިތުބާރު ލިބި، އިގްތިޞާދު ހުޅުވާލުމަށް މަގުފަހި ވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ އެގައުމުގެ އިގްތިޞާދު ހުޅުވާލާނެ ގޮތުގެ 'ޓައިމް ލައިނެއް' އެކުލަވާލާފަ އެވެ. އިގްތިޞާދުގެ ބައެއް ހަރަކާތްތައް ހުޅުވާލުމަށް މިހާރުވެސް މަސައްކަތް ކުރަމުން ދާއިރު ރީޓެއިލް ވިޔަފާރިތައް ޖޫން 1 ން ފެށިގެން ހުޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި