ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 18:02
ކޮވިޑް-19އާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ކޯސްތައް ވެސް މެދުކަނޑާލާފައި
ކޮވިޑް-19އާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ކޯސްތައް ވެސް މެދުކަނޑާލާފައި
ވަން އޮންލައިން
ކޯސްތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވުން
ނިއު ނޯމަލްގައި ކޯސްތައް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރަނީ
ކްލާސްތައް ހިންގާނެ ގޮތާ މެދު މަޝްވަރާ ކުރެވޭ
ނިއުނޯމަލްއަށް ޔުނިވާސިޓީ އަދި ކޮލެޖްތައް ތައްޔާރުވެފައިވާ މިންވަރު ބަލާނެ
އަމަލުކުރާނީ ދަރިވަރުންނާއި، ކޮލެޖްތަކަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް

'ނިއު ނޯމަލް'ގައި ކޯސްތައް ކުރިއަށް ގެންދާނެ ގޮތާމެދު ޔުނިވަރސިޓީ، ކޮލެޖްތަކާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުގެ ދެ ޔުނިވަރސިޓީއާ، ޕްރައިވެޓް ކޮލެޖުތަކާއެކު 'ނިއު ނޯމަލް'ގައި ކޯސްތައް ހިންގާނެ ގޮތާމެދު މަޝްވަރާ ކުރުމުންދާ ކަމަށެވެ.

އެގޮތުން 'ނިއު ނޯމަލް'އަށް ޔުނިވަރސިޓީ އަދި ކޮލެޖުތައް ތައްޔާރުވެފައިވާ މިންވަރާއި، ދިމާވާ ދަތިތަކާއި، ކިޔަވާދޭނެ ގޮތްތަކާއި، ކްލާސް ރޫމްތަކުގައި އެންމެ ގިނަ ވެގެން ދަރިވަރުންނަށް ތިބޭނެ އަދަދުތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

'ނިއު ނޯމަލް'އަށް ދާއިރު ކޮލެޖުތަކުގެ ކިޔެވުންތަކުގެ ބައްޓަން ކުރާނެ ގޮތް. އެބޭފުން އެކަމަށް ތައްޔަރުވާ ގޮތާ މިންވަރު ބެލުން. އެނގިވަޑައިގަންނަވާނެ ރާއްޖޭގެ އެކި ކޮލެޖްގެ ހާލަތު ހުރީ އެކި މިންވަރަށް. ފައިނޭންޝަލް ކޭޕަބިލިޓީ އެކި މިންވަރަށް. ޖާގަ ހުރީ އެކި މިންވަރަށް. އެކި ކޮލެޖުތަކަށް އެކި ކަންތައްތައް ކުރެވެން އަންނަނީ އެކި ފެންވަރަށް.
ހަޔަރ އޭޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ 'ނިއު ނޯމަލް'ގައި ވެސް ކިޔަވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ދަރިވަރުންގެ އިތުރުން ޔުނިވަރސިޓީ އަދި ކޮލެޖުތަކަށް ދަތި ނުވާނެ ގޮތަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ. ބައެއް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މާލެއިން ކޭސްތައް ފެނުމާ ގުޅިގެން އޮންލައިންކޮށް ކިޔަވާ ދިނުން ވެސް މެދުކަނޑާލި އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވަމުން ދާތީ ބައެއް ލުއިތައް ދިނުމަށް ސަރުކާރުން ނިންމާފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ވަނީ މިމަހުގެ 31 ވަނަ ދުވަހު އޮންލައިން ކޯސްތައް ފެށުމަށް ނިންމާފަ އެވެ.

- ކޮމެންޓް
21 މެއި 2020 | ބުރާސްފަތި 23:50
ލަމް
ޢޮންލައިންކޮއް ކިޔަވާދީ ބަލަ މާލެދަން ބިރުގަނެ މިހާ އަވަހައްޕ
21 މެއި 2020 | ބުރާސްފަތި 18:23
ރައީސް
ކޮލެޖްތަށް ހުޅުވާށޭ މިހާރު