ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ 237 މީހަކު އެނބުރި ޤައުމަށް ދާން ފުރާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ މީގެތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ 190 މީހަކާއި ޔޫރަޕުގެ ޤައުމުތަކަށް ނިޞްބަތްވާ 47 މީހުން ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. އެއާއެކު ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ޚާއްޞަ ފްލައިޓުތައް އަންނަނީ ބާއްވަމުންނެވެ.
އެގޮތުން އެކި ޤައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ޤައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
ބުރާސްފަތި ދުވަހު ފުރި ޔޫރަޕުގެ ޤައުމުތަކުގެ މީހުން ގައުމުތަކަށް ދާނީ ކޮލަމްބޯ މަގުންނެވެ. އިންޑޮނޭޝިއާގެ ރައްޔިތުން ފުރާފައިވަނީ އިންޑޮނޭޝިއާގެ ފްލައިޓެއްގަ އެވެ.