ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 12:01
ކޮވިޑް-19 ގެ ސަބަބުން ލުފްތަންސާ އެއަރލައިންގެ މަތިންދާ ބޯޓުތައް ގްރައުންޑްކޮށްފައި
ކޮވިޑް-19 ގެ ސަބަބުން ލުފްތަންސާ އެއަރލައިންގެ މަތިންދާ ބޯޓުތައް ގްރައުންޑްކޮށްފައި
ރޮއިޓަރސް
ލުފްތަންސާއިން ފަންޑު ހޯދަން ކުރާ މަސައްކަތް
10 ބިލިއަން ޑޮލަރުގެ ފަންޑެއް ހޯދަން ލުފްތަންސާއިން ސަރުކާރާއެކު މަޝްވަރާކުރަނީ
ސަރުކާރުން އެކުލަވާލާފައިވާ އެކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑުން 9.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ ވާހަކަތައް ވަނީ ފަށާފައި
ސަރުކާރަށް އެކުންފުނީގެ 20 އިންސައްތަ ހިއްސާ ނެގުންވެސް ހިމެނޭ

ކޮވިޑް-19 އާ ގުޅިގެން ޖަރުމަނުގެ އެއަރލައިން ލުފްތަންސާ އަށް ވަމުންދާ ގެއްލުންތައް ފޫބުއްދުމަށް ސަރުކާރުން އެކުލަވާލާފައިވާ އެކޮނޮމިކް ސްޓެބިލައިޒޭޝަން ފަންޑުން 9.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސަރުކާރާއެކު އެ ކުންފުނިން މަޝްވަރާ ފަށައިފި އެވެ.

މީގެތެރޭގައި ސަރުކާރަށް އެކުންފުނީގެ %20 ހިއްސާ ނެގުންވެސް ހިމެނެ އެވެ. މިކަމާއި ގުޅިގެން ލުފްތަންސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިހާރު އެލުލަވާލަމުންދާ އެއްބަސްވުމުގައި ކުންފުނީގެ ސުޕަވައިޒަރީ ބޯޑުން ދެ ސީޓެއް ސަރުކާރަށް ނެގުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެ އެވެ. ނަމަވެސް ވޯޓު ދެވޭނީ ވަކިކަހަލަ ކަންތައްތަކެއްގައި ކަމަށް ލުފްތަންސާއިން ބުނެއެވެ.

ލުފްތަންސާއިން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ބޮޑަށް ވާހަކަތައް ދެކެވެނީ ސަރުކާރުން ދޭ އެހީތެރިކަމާއެކު ކުންފުނިން ސަރުކާރަށް ދޭނެ ފުރުޞަތުތަކާއި މެދުއެވެ.

ލުފްތަންސާއިން ބުނާގޮތުގައި ސަރުކާރާއެކު ވެވޭ އެއްބަސްވުމުގެ ތެރެއިން މުސްތަޤުބަލުގައި ލިބޭ ޢާމްދަނީ ބަހާނެ ގޮތާއި މެނޭޖްމަންޓްގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތައް ހިމެނޭއިރު މިކަމުގެ އެންމެ ފަހު ނިންމުން ނިންމާނީ ވިލާތު އިއްތިހާދުންނެވެ.

ލުފްތަންސާ އިން ދެކޭގޮތުގައި މި އެއްބަސްވުން ވުޖޫދު ކުރެއްވިއްޖެނަމަ، މިހާރު ދިމާވެފައިވާ އިޤުތިޞާދީ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ އެވެ.

- ކޮމެންޓް
21 މެއި 2020 | ބުރާސްފަތި 13:01
ގަމާރު
ޢަޅެބުނެލަބަލަ. މިއީ ދިވެހި ސަރުކާރާއި ދެމެދު ނޫނީ ކޮން ސަރުކާރާއި ދެމެދު އެކުންފުނިން ވެވޭ އެއްބަސްވުމެއްބާ؟ މަގަމާރުކަމުން މިކިޔައިގެންވެސް ނޭގުނު.