ކ. މާލެ
|
20 މެއި 2020 | ބުދަ 17:26
ފަލަސްތީންގެ ރައީސް މަހުމޫދު އައްބާސް ވަނީ އިސްރާއީލްއަށް ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ދެއްވާފައި
ފަލަސްތީންގެ ރައީސް މަހުމޫދު އައްބާސް ވަނީ އިސްރާއީލްއަށް ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ދެއްވާފައި
ރޮއިޓަރސް
ފަލަސްތީނުގެ މައްސަލަ
އިސްރާއީލާއި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ވަކިވާން ފަލަސްތީނުން ނިންމައިފި
ފަލަސްތީން ބިމުގެ ސަރަހައްދަށް އިސްރާއީލުން ދަނީ އަތްގަދަ ކުރަމުން
މިގޮތަށް އަތްގަދަ ކުރާތީ ސުލްހައިގެ އެއްބަސްވުންތަކުގެ ބޭނުން ކެނޑިގެންދޭ
ހަމާސް ޖަމާއަތުން މިސަރަހައްދުގައި ބާރުވެރިވެ އިސްރާއީލަށް ނުރައްކާ ބޮޑުވާނެ

އިސްރާއީލާއި، އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކުން ވަކިވުމަށް ފަލަސްތީން ސަރުކާރުން ނިންމައިފި އެވެ.

ފަލަސްތީނުގެ ސަރުކާރުން މިގޮތައް ނިންމީ އިސްރާއީލުން އަތްގަދަކޮށްފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބަޔަކަށް ވެރިވެގަަތުމަށް އިސްރާއީލުން ނިންމުމާއި ގުޅިގެންނެވެ. އަދި އިސްރާއީލުގެ ނިންމުން ތަންފީޒުކުރުމަކީ، އެޤައުމާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާ ހިލާފު އަމަލެއްކަމަށާއި، އަދި މިއަމަލުގެ ސަބަބުން އެއްބަސްވުންތަކުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

މިމައްސަލައާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ އިސްރާއީލުން ވެރިވެގަންނަން މަސައްކަތްކުރާ ހުލނަގު އައްސޭރީގެ ސަރަހައްދުތަކުގަށް، ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އަރައިފިނަމަ ބޮޑެތި ގޮންޖެހުންތަކަކާއި އިސްރާއީލުން ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ރައީސް މަހުމޫދު ވިދާޅުވީ ފަތަހަ ޖަމާއަތުބާރުގެ ދަށުގައި އޮންނަ މި ޞަރަޙައްދުގައި، އިސްރާއީލާއި ދެކޮޅަށް ތެދުވެފައިވާ އަދި އިސްރާއީލަށް އެންމެ ގިނަ ހަމަލާދޭ ހަމާސްގެ ޖަމާއަތުގެ ހަނގުރާމަ ވެރިން ޙަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މާބޮޑެތި ކާމިޔާބީތަކެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ފަހަތަ ޖަމާއަތުން އެ ސަރަހައްދުން ފައިބާފިނަމަ، ހަމާސް ޖަމާއަތުން އެސަރަހައްދަށް ބާރުވެރިވެ، އިސްރާއީލަށް ކުރާ ނުރައްކާ އިތުރަށް ވަރުގަދަ ކުރާނެކަމަށް ރައީސް މަހުމޫދު އައްބާސް ވިދާޅުވި އެވެ.

ބައިނަލްއަޤުވާމީ މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާޢީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކާއި ގުޅިގެން ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާ އިސްރާއީލުން ޚިލާފުވާނަމަ، އަދި ފަލަސްތީނަށް މިނިވަންކަމާއެކު ހުޅަނގު އައްސޭރީގައި ހަރަކާތްތެރި ނުވެވޭނަމަ، އެކަމުގެ ގެއްލުން އިސްރާއީލަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް