ކ. މާލެ
|
20 މެއި 2020 | ބުދަ 03:50
އިޓަލީގައި ފިހާރަތައް ހުޅުވާލުމުން މީހުން ފިހާރަތަކަށް ވިޔަފާރި ކުރަން ނިކުމެ
އިޓަލީގައި ފިހާރަތައް ހުޅުވާލުމުން މީހުން ފިހާރަތަކަށް ވިޔަފާރި ކުރަން ނިކުމެ
އަލްޖަޒީރާ
ކޮވިޑް-19 އިޓަލީގެ ހާލަތު
އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި
އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 162 މީހުން
ހޯމަ ދުވަހު ވައިރަސް ޖެހުނީ 99 މީހުންނަށް
އިޓަލީގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 226,699 ށް އަރާފަ

އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 162 މީހުންނެވެ. ހޯމަ ދުވަހު އެއަދަދު ހުރީ 99 އެއްގަ އެވެ. މީގެއިތުރުން ވައިރަސް ޖެހުނު މީހުންގެ އަދަދުތައްވެސް ވަނީ 451 ން 813 ށް މައްޗަށް ޖެހިފަ އެވެ.

މިހާތަނަށް އައިއިރު އިޓަލީގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 32,169 ށް އަރާފަ އެވެ. އިޓަލީއަކީ މިވަގުތު އެމެރިކާ އާއި އިނގިރޭސިވިލާތް ނެގުމަށްފަހު ތިން ވަނަ އަށް އެންމެ ގިނަ މީހުންގެ މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިޓަލީގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 226,699 (ދެ ލައްކަ ސައްބީސް ހާސް ހަސަތޭކަ ނުވަދިހަ ނުވަ) އަށް އަރާފަ އެވެ. އިޓަލީއަކީ މިވަގުތު ހަ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިޓަލީގައި މިވަގުތު ވައިރަސް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންނަކީ 65,129 މީހުންނެވެ. އޭގެކުރީ ދުވަހު އެއަދަދު ހުރީ 66,553 ގަ އެވެ.

އަންގާރަ ދުވަހު އެގައުމުގެ އައިސީޔޫ ގައި ފަރުވާ ދެމުން ގެންގޮސްފައިވަނީ 716 މީހަކަށެވެ. އޭގެކުރީ ދުވަހު ފަރުވާ ދެމުންދިޔައީ 749 މީހުންނަށެވެ. އިޓަލީގައި މިހާތަނަށް އައިއިރު 129،401 ( އެއް ލައްކަ ނަވާވީސް ހާސް ހަތަރު ސަތޭކަ އެއް) މީހަކު ވަނީ ވައިރަސް ޖެހިގެން ރަނގަޅުވެފަ އެވެ.

މިހާތަނަށް އައިއިރު އިޓަލީގެ 2 މިލިއަން މީހުން ވަނީ ވައިރަސް އަށް ޓެސްޓް ކޮށްފަ އެވެ. އިޓަލީގެ އާބާދީ އަކީ 60 މިލިއަނެވެ.

- ކޮމެންޓް