ކ. މާލެ
|
19 މެއި 2020 | އަންގާރަ 13:06
އިންޑީއާގައި އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދަނީ
އިންޑީއާގައި އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދަނީ
އަލްއަރަބިއްޔާ
ކޮވިޑް-19: އިންޑިޔާގެ ހާލަތު
އިންޑިއާއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް!
ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 101،261ށް އަރާފައި
މިހާތަނަށް ބަލިޖެހިގެން އިންޑިޔާގައި މަރުވެފައި ވަނީ 3164 މީހުން
އިންޑިޔާގެ ބޮޑު އާބާދީއަށް ބަލާއިރު ޓެސްޓް ކުރެވޭ މިންވަރު ކުޑަ

ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ލައްކައަކަށް ވުރެން މައްޗަށް އަރައިފި އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މަރޗް މަހުގެ ފަހު ހަފުތާއިން ފެށިގެން 'ލޮކްޑައުން' ގައި އޮތް އިންޑިއާގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 101،261 (އެއްލައްކަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް އެކެއް)ށް އަރާފައެވެ. މި ޢަދަދު އިތުރުވަމުން އަންނައިރު އޭޝިއާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ކޭސް ދުވާލެއްގެ މައްޗަށް ފެންނަ ޤައުމަކީވެސް އިންޑިއާ އެވެ. އެގޮތުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 3000-4000 ދެމެދުގެ ޢަދަދަކަށް އައު ކޭސް ރިޕޯޓު ކުރެއެވެ.

އިންޑިޔާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ. މިހާތަނަށް ބަލިޖެހިގެން އިންޑިޔާގައި މަރުވެފައި ވަނީ 3164 މީހުންނެވެ. އޭޝިއާ ބައްރުގެ ޢައުމުތަކުގެ ތެރެއިން، ތުރުކީވިލާތާއި އީރާނަށް ފަހު އެންމެ ގިނަ ކޭސް ފެނިފައިވާ ޤައުމަކި އިންޑިއާއެވެ. ފާއިތުވެދިޔަ ހަފުތާ ތެރޭގައި އޭޝިއާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން މީހުން މަރުވި ކަމަށް ރިޕޯޓުކުރީ އިންޑިއާއިން ނެވެ.

އިންޑިއާގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެސްޓް ކުރެވޭ މިންވަރު ދަށްވެފައި ވުމުވެ. އިންޑިޔާގެ ބޮޑު އާބާދީއަށް ބަލާއިރު ޓެސްޓް ކުރެވޭ މިންވަރު ކުޑަކަމަށް އެ ޤައުމުން ބުނެއެވެ. އޭޕްރީލް މަހުން ފެށިގެން ޓެސްޓް ކުރަމުން ދާއިރު މިހާތަނަށް އާއިރު 2،302،792 މީހުން ވަނީ ޓެސްޓު ކޮށްފަ އެވެ. ނަމަވެސް ކޮންމެ 1.3 ބިލިއަން މީހަކަށް ބަލާއިރު މިއީ ދަށް ޢަދަދެއް ކަމަށް އޮފިޝަލުން ފާހަގަ ކުރެއެވެ.

- ކޮމެންޓް