ކެނަޑާގައި ތައްޔާރު ކުރި ކޮވިޑް-19ގެ ވެކްސިންއެއްގެ ކްލިނިކަލް ޓްރައަލް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހުއްދަދީފި އެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އެގައުމުގެ ބޮޑިވަޒީރު ޖަސްޓިން ޓްރޫޑޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ކެނޭޑިއަން ސެންޓަރ ފޮރ ވެކްސްސިނޮލޮޖީއަށް އެގައުމުގެ ހެލްތު މިނިސްޓްރީން ކްލިނިކަލް ޓްރައަލް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ވެކްސިންގެ ޓްރައަލް ކާމިޔާބު ވެއްޖެނަމަ، މިވެކްސިން އުފައްދާ އެ ގައުމުގެ ރައްޔިތުން މި ވެކްސިން ދެވޭނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައި ވަނީ ނޭޝަނަލް ރިސަރޗް ކައުންސިލުން އެގައުމުގައި ވެކްސިން ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
ކެނަޑާ ސަރުކާރުން ވަނީ ކޮވިޑް-19ށް ފަރުވާ ހޯދުމަށް 33 ކްލިނަކަލް ޓްރައަލްއެއް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. އަދި އެ ގައުމުގެ ނޭޝަނަލް ރިސާރޗް ކައުންސިލުން ވަނީ ކޭންފީނޯ ބަރޯލޮޖިކްއާ އެކު ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. މިވެކްސިންގެ އިތުރުން އޭޑީ-5 ނަމަކަށް ކިޔާ ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިވެކްސިންގެ ހިއުމަން ޓްރައަލްގެ ސްޓޭޖް-2 ކުރިއަށް ގެންދިއުމަށް ވަނީ ހުއްދަ ދީފައެވެ.
އޭޑީ-5 ވެކްސިން ތައްޔާރު ކޮށްފައިވަނީ ކެނެޑާގެ ކޭންފީނޯ ބަރޯލޮޖިކްއާ ޗައިނާގެ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބައޯ ނެކްނޮޖީ ގުޅިގެންނެވެ.