ކ. މާލެ
|
15 މެއި 2020 | ހުކުރު 01:29
ސައުދީގައި މީގެ ކުރިން ކުރި ފިތުރު އީދު ނަމާދުގެ ތެރެއިން
އޭޕީ
ފިތުރު އީދު ބަންދު
ސައުދީގެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްތެރިންނަށް ފިތުރު އީދުގެ ގޮތުގައި ހަތަރު ދުވަސް!
މިއަހަރުގެ ރަމަޟާން މަސް މެއި 22 އަށް ނިމޭނެ ކަމަށް ލާފާކޮށްފައިވޭ
ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ ބަންދުގެ ދުވަސް އިތުރުވާނެ

ސައުދީ އަރަބިއްޔާގެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މީހުންނަށް ފިތުރު އީދުގެ ގޮތުގައި ހަތަރު ދުވަސް ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމެންޓުން ވަނީ މެއި 23ން މެއި 26ށް ފިތުރު އީދުގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ.

މި އަހަރުގެ ރަމަޟާން މަސް މެއި 22 އަށް ނިމޭނެ ކަމަށް ލާފާކޮށްފައިވާއިރު، އެ ދުވަހަކީ ހުކުރު ދުވަހެއް ކަމުން ސައުދީގައި އެދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

އެހެންވުމުގެ ސަބަބުން 5 ދުވަހުގެ ބަންދެއް ގިނަ މަސައްކަތްތެރިންނަށް ލިބޭނެ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި ޕަބްލިކް ސެކްޓަރ މަސައްކަތްތެރިންނަށްވުރެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ ބަންދުގެ މުއްދަތު ސައުދީ އަރަބިއްޔާގައި އިތުރުވާނެކަން ފާހަގަކޮށްފައި ވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީ ލޮކްޑައުން ކޮށްފައިވީ ނަމަވެސް ޕްރައިވެޓް ސެކްޓަރގައި ބައެއް މަސައްކަތްތައް ނުހުއްޓާ ކުރިއަށް ގެންދެ އެވެ.

- ކޮމެންޓް