ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކުންފުންޏަކާ ދެމެދު މިލިޓަރީ ޑިފެންސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާގެ ސައުދީ އަލް ޓެޑްރިއާ ކުންފުންޏާ އެމެރިކާގެ އޮސްކޯޝް ޑިފެންސް ކޮންޕެނީ ގުޅިގެން ވަނީ އޮޝްކޯޝް އަލް ޓެޑްރިއާ މެނުފެކްޗަރިންގެ ނަމުގައި ޖޮއެންޓް ވެންޗަރ ކުންފުންޏެއް އުފައްދާ ފައެވެ.
ބުދަ ދުވަހު ސޮއިކޮށްފައިވާ މި އެއްބެސްވުމުގެ މައިގަނޑު ބޭނުމަކީ ފެންވަރު ރަނގަޅު ހަނގުރާމަައިގައި ބޭނުންކުރެވޭނެ އާލާތްތައް ސައުދީ އަރަބިއްޔާގައި އުފައްދާ އެތަކެތީގެ ބޭނުން ސައުދީގެ ސިފައިން ބޭނުން ކުރެވޭނެ މަގުފަހި ކުރުވުމެވެ. އެމެރިކާގެ އޮޝްކޯޝް ޑިފެންސް އަކީ އެމެރިކާގެ ސިފައިންނަށް މިލިޓަރީ ވެހިކަލްތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.
މިގޮތަށް ސައުދީ އަލް-ޓެޑްރިއާ ކުންފުންޏަކީ ސައުދީ ސިފައިންނަށް މިލިޓަރީ ވެހިކަލް ފޯރުކޮށްދޭ ކުންފުންޏެވެ. މި ދެ ކުންފުނިން މިހާރު އެކުގައި މަސައްކަތް ކުރާތާ ދެ އަހަރު ވެފައިވާ ކަމަށް އޮޝްކޯޝް ޑިފެންސްގެ ރައީސް ހަވާލީ މީޑިއާތަކުގެ ރިޕޯޓުކޮށްފައި ވެއެވެ.