ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 11:02
ދުބާއި: މީހަކު ފިނިހޫނުމިން ޗެކް ކުރަން ހެލްތް ވޯކަރަކު ހަރަކާތްތެރިވަނީ
ދުބާއި: މީހަކު ފިނިހޫނުމިން ޗެކް ކުރަން ހެލްތް ވޯކަރަކު ހަރަކާތްތެރިވަނީ
ޓްވިޓަރ
ކޮވިޑް-19 ދުބާއި
ދުބާއީން ބިދޭސީ ޑޮކްޓަރުންނަށް 10 އަހަރު ދުވަހުގެ ވިސާ ދެނީ
212 ޑޮކްޓަރުންނަށް ލިބޭނެ
ޔޫއޭއީގެ 20 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
ޑޮކްޓަރުންނަށް ލިބިގެން ދިޔަ އިތުުރު ހިތްވަރެއް

ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ދެކޮޅަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގެ ހެލްތު އޮތޯރިޓީގައި މަސައަކަތް ކުރާ ބިދޭސީ ޑޮކްޓަރުންނަށް 10 އަހަރު ދުވަހުގެ މުއްދަތަކަށް ވިސާ ދޫކުރަން ނިންމައިފި އެވެ.

ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ، ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ދުބާއިގައި ދިރިއުޅުމަށް 10 އަހަރު ދުވަހުގެ މުއްދަތަކަށް ވިސާ ދޫކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އެ ވިސާ ދިނުމަށް ނިންމާފައި ވަނީ 212 ޑޮކްޓަރުންނަށެވެ. ދުބާއީގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދުބާއީގެ ހެލްތު އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ހުމައިދް އަލް ގުތަމީ ވަނީ ހުރިހާ ޑޮކްޓަރުންގެ ފަރާތުން ޝައިޚް މަޚްތޫމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޔޫއޭއީގެ 20،386 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 206 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. މިހާތަނަށް 6523 މީހަކު ވަނީ މި ބަލިން ފަސޭހަ ވެފައެވެ.

- ކޮމެންޓް