ސީރިއާގައި ހަރަކާތްތެރިވާ އިރާނުގެ ސިފައިންނާ ދެކޮޅަށް އިސްރާއިލުންދޭ ހަމަލާތަކަށް ހިޒްބުﷲ ޖަމާއަތުން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ބުދަ ދުވަހު ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ ބުނެފައިވަނީ އީރާނުގެ ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމުގެ ބަދަލުގައި އިސްރާއީލުން މިހާރު ހަމަލާތައް އަމާޒު ކުރަނީ ސިރީއާގައި ހުރި މިސައިލްތައް އުފައްދާ ކާރުހާނާތަކަށެވެ.
2011 ވަނަ އަހަރުން ފެށިގެން ސީރިއާގައި ހިގަމުންދާ ހަނގުރާމާގައި އިރާންއާ ހިޒްބުﷲ ޖަމާއަތުން ބައިވެރިވެފައިވާތީ އެކަމާ އިސްރާއީލް ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގަނެފައިވާ ކަމަށް އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައި ވެއެވެ. މީގެ އިތުރުން ނަސްރުﷲ ބުނެފައިވަނީ އިސްރާއީލުން ސީރިއާގެ ރައީސްއާ ދެކޮޅަށް ހަމަލާތައް ދީ އެކަން ކާމިޔާބު ނުވުމުގެ އަސްލަކީ އީރާން އަދި ހިޒްބުﷲ ޖަމާއަތް ސީރިއާގެ ރައީސްއަށް ވާގިވެރިވެދޭތީ އެވެ
.މި ނާކާމިޔާބީތަކުގެ ސަބަބުން އިސްރާއީލުން މިހާރު ހަމަލާތައް ބޮޑަށް އަމާޒު ކުރަނީ ސީރިއާގެ މިސައިލް އުފައްދާ ތަންތަނަށް ކަމަށް ނަސްރުﷲ ބުނެފައި ވެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ސިފައިން އަދި ހިޒްބުއްލޯ ޖަމާއަތުން ފަހަތަށް ޖެހިފައިނުވާ ކަމަށް ބުނެފައި ވެއެވެ.
އޭޕްރީލް މަހު އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ބިނެޓް ވިދާޅުވެފައިވަނީ އިސްރާއީލްގެ އަސްކަރިއްޔާއިން އީރާނުގެ ސިފައިން، ސީރިއާ އިން ފައްސާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.