ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 04:43
ކޮވިޑް-19އާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް ދަށްވަމުން
ކޮވިޑް-19އާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް ދަށްވަމުން
އެންސީބީ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުން
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ތިން އިންސައްތަ ދަށްވެއްޖެ
 
ސައުދީގައި އުފައްދާ ތެލުގެ ނިސްބަތުން އެއްމިލިއަން ފީފީ މަދުކުރުމަށް ނިންމާފައިވޭ
 
ވެސްޓް ޓެކްސަސްއިން އިންޓަމީޑިއޭޓްގެ ތެޔޮ ފިފާއެއްގެ އަގު 25.00 ޑޮލަރަށް ވެއްޓިފައިވޭ
 
ބްރެންޓް ތެޔޮ ފީފާއެއްގެ އަގުވަނީ 29.12 ޑޮލަރުން 28.92 ޑޮލަރަށް ވެއްޓިފައި

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ތިން އިންސައްތަ ދަށްވެއްޖެ އެވެ.

ތެލުގެ އަގު މިހާ ބޮޑަށް ދަށްވެގެން ދިޔައީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ލޮކްޑައުންގެ ހާތަށް ގޮސް ތެލަށް އޮތް ޑިމާންޑް ބޮޑުތަނުން ކުޑަވެފައިވާތީ އެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގައި ބްރެންޓް ތެޔޮ ފީފާއެއްގެ އަގުވަނީ 29.12 ޑޮލަރުން 28.92 ޑޮލަރަށް ވެއްޓިފަ އެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގައި ތެޔޮ ފިފާއެއްގެ އަގު ތިން އިންސައްތަ އަށް ދަށްވެ، އަގުތައް ވަނީ 25.00 ޑޮލަރަށް ވެއްޓިފަ އެވެ.

އެމެރިކާގެ އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ލަފާކުރާ ގޮތުގައި ދުނިޔޭގެ ތެލުގެ ޑިމާންޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން ދުވާލަކަށް އުފައްދާ ތެޔޮ ފިފާގެ އަދަދު ވަނީ 8.1 މިލިއަން ފީފާ މެދުވެފަ އެވެ. އަދި މިއީ ކުރިން މި އަދަދު މަދުވާނެ ކަމަށް ލަފާ ކޮށްފައިވާ 5.2 މިލިއަން އަށް ވުރެ ބޮޑު އަދަދެއްކަން ފާހަގަކޮށްލަން ޖެހެެ އެވެ.

މީގެ އިތުރުން އެންމެ ބޮޑަށް ތެޔޮ އުފައްދާ އެއް ގައުމު ކަމުގައިވާ ސައުދީ އަރަބިއްޔާގެ ކެބިނެޓުން ވެސް ވަނީ ތެޔޮ އުފައްދާ އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދާ ނިސްބަތް މަދުކޮށް، ތެލުގެ މާކެޓްގެ ބެލެންސް ކުރުމަށް އެދިފަ އެވެ. ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުން އުފައްދާ ތެލުގެ ނިސްބަތުން އެއް މިލިއަން ފީފާ މަދުކުރުމަށް ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ