ކ. މާލެ
|
13 މެއި 2020 | ބުދަ 10:43
ޝަންހާއީގައި މީހުން މާސްކް އަޅައިގެން ހަރަކާތްތެރިވަނީ
ޝަންހާއީގައި މީހުން މާސްކް އަޅައިގެން ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާއިން އިއްޔެ ކޮވިޑް-19 ޖެހުނީ 7 މީހުންނަށް
ޖިލިން ޕްރޮވިންސް ވެފައިވަނީ މިފަހުން ޗައިނާއިން އެންމެ ގިނައިން ވައިރަސް ފެންނަ ޕްރޮވިންސަށް
ވައިރަސް ފެތުރޭ މިންވަރު އިތުރު ވަމުންދާތީ ޖިލިންގެ ޓްރެއިންގެ ޚިދުމަތް ވަނީ މެދުކަނޑާލަން ހަމަޖެހިފަ
ޗައިނާއިން މިހާތަނަށް 82,926 މީހުންނަށް ވަނީ ވައިރަސް ޖެހިފަ

ޗައިނާއިން އަންގާރަ ދުވަހު 7 މީހުންނަށް ކޮވިޑް-19ޖެހިފައިވާ ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު އެކެއްގެ މަތިވުމެވެ. ހޯމަ ދުވަހު އަލަށް ޗައިނާއިން ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 6 މީހުންނަށެވެ.

އަލަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަނީ އިރުމަތީ ޖިލިން ޕްރޮވިންސްގެ ޝުލާން ޕްރޮވިންސުންނާއި ޝެންހާއީއަށް އެތެރެވި މީހެކެވެ. ޖިލިން ޕްރޮވިންސް ވެފައިވަނީ މިފަހުން ޗައިނާއިން އެންމެ ގިނައިން ވައިރަސް ފެންނަ ޕްރޮވިންސަަށެވެ. ޖިލިން ޕްރޮވިންސްގެ ޝުލާން ސިޓީ ގައި ވަނީ ވައިރަސް ގެ ނުރައްކާތެރިކަން އޮތް މިންވަރު މެދު މިނުން މިހާރު މައްޗަށް ޖައްސާފަ އެވެ.

އަންގާރަ ދުވަހު ޝުލާން އިން ޕޮޒިޓިވްވި ފަސް މީހުންނަކީ މީގެކުރިން އެސިޓީން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށް ލޯކަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފަ އެވެ. ވައިރަސް ފެތުރޭ މިންވަރު އިތުރު ވަމުންދާތީ ޖިލިންގެ ޓްރެއިންގެ ޚިދުމަތް ވަނީ މެދުކަނޑާލަން ހަމަޖެހިފަ އެވެ.

އަންގާރަ ދުވަހު ޗައިނާއިން ވަނީ ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެންނަ 12 މީހުން ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ.

ޗައިނާއިން މިހާތަނަށް 82,926 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

- ކޮމެންޓް