ކ. މާލެ
|
12 މެއި 2020 | އަންގާރަ 10:22
ސައުދީ ސިފައިން ތައްޔާރުކުރި މި މޯބައިލް ހޮސްޕިޓަލުގެ ޚިދުމަތާއެކު ސައުދީން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދަ މަސައްކަތައް ލުޔެއް ލިބިގެންދާނެ
ސައުދީ ސިފައިން ތައްޔާރުކުރި މި މޯބައިލް ހޮސްޕިޓަލުގެ ޚިދުމަތާއެކު ސައުދީން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދަ މަސައްކަތައް ލުޔެއް ލިބިގެންދާނެ
ސައުދީ ގެޒެޓް
ސައުދީން މޯބައިލް ހޮސްޕިޓަލް ތަޢާރަފުކުރުން
ސައުދީ އަސްކަރިއްޔާއިން ކޮވިޑް-19ށް ފަރުވާދޭ މޯބައިލް ހޮސްޕިޓަލްތަކެއް ޤާއިމު ކޮށްފި
 
ހޮސްޕިޓަލްތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ވައިރަސްގެ ނުރައްކާ އެންމެ ބޮޑު މައްކާގައި
 
ސައުދީ ސިފައިން ތައްޔާރު ކުރީ 100 އެނދުގެ ޖާގަައިގެ ދެ މޯބައިލް ހޮސްޕިޓަލް
 
ހޮސްޕިޓަލްތައް ފަރުމާކޮށްފައިވަނީ ކޮވިޑް-19ގެ ކޮންމެ މަރުޙަލާއެއްގަވެސް ފަރުވާދެވޭ ގޮތައް

ސައުދީ ޢަރަބިއްޔާގެ އަސްކަރިއްޔާގެ އޮފިސަރުންތަކެއް ކޮވިޑް-19ށް ފަރުވާދޭ ޚާއްޞަ މޯބައިލް ހޮސްޕިޓަލްތަކެއް ތައްޔާރު ކޮށްފިއެވެ.

އެޤައުމުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށް ޢާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަސްކަރިއްޔާގެ ޑިޕަރޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ ފަރާތުން 100 އެނދުގެ މޯބައިލް ދެ ހޮސްޕިޓަލް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި މި ހޮސްޕިޓަލްތައް ފަރުމާ ކޮށްްފައިވަނީ ކޮވިޑް-19 ގެ ކޮންމެ މަރުޙަލާއެއް ގައިވެސް ފަރުވާދެވޭނެ ފެންވަރަށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި ހޮސްޕިޓަލްތައް ބޭނުން ކުރާނީ މިހާރު އެޤައުމުގައި ވައިރަސްގެ އެންމެ ނުރައްކާ ބޮޑު މައްކާ ސިޓީގައި ކަމަށާއި، މި ވަގުތު ހޮސްޕިޓަލްތައް ޤާއިމުކޮށްފައި ހުރީ ވެރިރަށް ރިޔާދާއި ދެ ކިލޯ މީޓަރު ދުރު ޞަރަޙައްދެއްގައި ކަމަށް ސަޢުދީ އަސްކަރިއްޔާއިން ބުނެއެވެ. އަދި ހޮސްޕިޓަލް އޮޕަރޭޓް ކުރާނީ މައްކާ ގެ ޑިޕަރޓްމަންޓް އޮފް ހެލްތު އެފެއަރޒުންނެވެ.

މޯބައިލް ހޮސްޕިޓަލުގެ ޚިދުމަތް ސަޢުދީ ޢަރަބިއްޔާގައި ތަޢާރަފު މިކުރީ އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތާއި، އަރމްޑް ފޯރސެސް ގެ މެޑިކަލް ސަރވިސް ގުޅިގެންނެވެ.

މިއި އިމަރޖެންސީ ރެސްޕޮންޒް ޓީމު ތަކުން ނަގާ ބަލި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި، 24 ގަޑީއިރު ވައިގެ މަގުން އުފުލާ ބަލި މީހުންނަށް އަވަސް ފަރުވާ ދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށް ސަޢުދީގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ސައުދީގައި 41,014 (ސާޅީސް އެއްހާސް ސާދަ) މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، ފަރުވާދީގެން 12,737 (ބާރަ ހާސް ހަތް ސަތޭކަ ތިރީސް ހަތެއް) މީހުން ރަނގަޅު ކުރެވިފައިވާއިރު 255 މީހުން ވަނީ ވައިރަސްގައި ހާލު ބޮޑުވެ މަރުވެފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް