ކ. މާލެ
|
10 މެއި 2020 | އާދީއްތަ 17:09
ތެރޭ ބިނާ ލަވައިގެ ޓީޒާ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
ތެރޭ ބިނާ ލަވައިގެ ޓީޒާ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
ޔޫޓިއުބް
ސަލްމާންހާން އާއި ޖެކޮލިން
ސަލްމާން ޚާންގެ ތެރޭ ބިނާ ލައިވައިގެ ޓީޒާ އާންމުކޮށްފި
ލަވަ ޝޫޓް ކުރަން ހަތަރު ދުވަސް ހޭދަވި
ލަވަ އާާންމު ކުރާނީ މި މަހުގެ 12 ވަނަ ދުވަހު
ލަވަ ކިޔާފައިވަނީ ސަލްމާންގެ އަޑުން

ލޮކްޑައުންގެ މުއްދަތުގައި ސަލްމާން ޚާންގެ ފާމް ހައުސްގައި ޝޫޓް ކުރި ލަވަ "ތެރޭ ބިނާ" ގެ ޓީޒާ އާންމުކޮށްފިއެވެ.

މި ލަވަ ސަލްމާންގެ އަޑުން ކިޔާފައިވާއިރު ލަވަ ޑައިރެކްޓް ކޮށްފައި ވެސް ވަނީ އޭނާއެވެ.

ޕަމްވެލްގައި ހުންނަ މި ފާމް ހައުސްގައި ލަވަ ޝޫޓްކޮށްފައިވަނީ އެންމެ ތިން މީހުން ބޭނުންކޮށްގެންނެވެ. ލަވަ ޝޫޓް ކުރުމަށްފަހު ސަލްމާން ބުނެފައިވަނީ މިއީ މިހާތަނަށް އޭނާގެ އެންމެ ޚަރަދު ކުޑަ ޕްރޮޑަކްޝަން ކަމަށެވެ.

މި ލަވަ ޝޫޓް ކުރުމުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށް ސަލްމާން ބުނީ ލަވަ އެއްކޮށް ޝޫޓްކޮށް ނިންމާފައިވަނީ ހަތަރު ދުވަހުން ކަމަށެވެ.

މީ އަސްލު ލާރނިންގ އެސްޕީރިއަންސެއް. މިކަމުން ވެސް އެނގުނީ ލަވައެއް ޝޫޓް ކުރުމަށް ކޮންމެހެން، މޭކަޕް އާޓިސްޓުންނާއި ހެއަރ ސްޓައިލިސްޓުން ބޭނުން ނުވާކަން
ސަލްމާން ދިން އިންޓަވިއުއެއްގައި ބުނެފައިވޭ

މި ލަވަ ޝޫޓް ކުރަން ފަސޭހަވި ނަމަވެސް ޓްރެކް އެޑިޓް ކުރުމުގައި އުނދަގޫތަކާއި ދިމާވި ކަމަށް ސަލްމާން ބުނެފައިވެއެވެ. އެގޮތުން ގިނަ މީހުން ވައިފައި ބޭނުން ކުރަމުން ދިޔުމުގެ ސަބަބުން އިންޓަރނެޓް ސްޕީޑް ދަށްވިކަން ފާހަގަކޮށް ސަލްމާން ބުނެފައިވަނީ ބައެއް ފައިލްތައް ޑައުންލޯޑް ކުރަން 24 ގަޑީއިރާއި 36 ގަޑީއިރުގެ ވަގުތެއް ހޭދަވި ކަމަށެވެ.

މި ލަވަ އާންމު ކުރުމަށް ހަމަޖެހިފައިވަނީ ސަލްމާން ޚާންގެ ޔޫޓިއުބް ޗެނަލްގެ އިތުރު ސޯޝަލް މީޑިއާގެ އެކި ހެންޑްލްތަކުގައެވެ. މި ލަވަ އާންމު ކުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް