ކ. މާލެ
|
10 މެއި 2020 | އާދީއްތަ 04:25
ކޮސްޓަ ރިކާގެ ސޭން ހޯސޭގެ މަގުމަތީގައި ބަޔަކު ކޮވިޑް-19 އަށް ރައްކާތެރި ވުމަށް މާސްކް އަޅައިގެން
ކޮސްޓަ ރިކާގެ ސޭން ހޯސޭގެ މަގުމަތީގައި ބަޔަކު ކޮވިޑް-19 އަށް ރައްކާތެރި ވުމަށް މާސްކް އަޅައިގެން
އީ.އެފް.އީ
ކޮވިޑް-19 ކޮސްޓަރިކާ އިން ކޮންޓްރޯލް ކުރުން
ފަތުރުވެރިންގެ މަގްބޫލު ކޮސްޓަރިކާ އިން ކޮވިޑް-19 ކޮންޓްރޯލް ކުރި ގޮތުން ދުނިޔޭގެ ތައުރީފް
 
ލޮކްޑައުން އަށް މިހާރު ވަނީ ލުއި ދޭން ފަށާފައި
 
ކާމިޔާބުގެ އަސްލަކީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަލުއި ފިޔަވަޅުތައް
 
މެދުތެރޭ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މި ގައުމުން

މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ކޮސްޓަރިކާ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ހޯދާފައިވާ ކުރިއެރުން ތަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މެދުތެރޭ އެމެރިކާ އަށް ނިސްބަތްވާ ކޮސްޓަރިކާ އަކީ ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ 5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

މެދުތެރޭ އެމެރިކާއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކޮސްޓަރިކާ އިންނެވެ.

ވާލްޑް އިކޮނޮމިކް ފޯރަމްގެ ރަސްމީ ވެބްސައިޓްގައި ހާމަ ކޮށްފައިވާ ގޮތުގައި ކޮސްޓަރިކާގައި ޑޮކްޓަރުން ތިިބި ނިސްބަތަކީ ގާތްގަނޑަކަށް ކޮންމެ 1000 މީހަކަށް ޑޮކްޓަރެކެވެ. މިއީ އެ ސަރަހައްދުގެ ގައުމުތަކުގެ ނިސްބަތުން ސިއްހީ ދާއިރާ އަށް އެކަށީގެންވާ އިންވެސްޓްމަންޓް ކުރާ ގައުމެއްގެ ގޮތުގައި ފާހަގަ ވެފައިވާ ގައުމެކެވެ.

މެއި މަހުގެ 6 ވަނަ ދުވަހާ ހަމަ އަށް އެ ގައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަކީ 755 އެވެ. ބަލީގައި އެހާތަނަށް މަރުވެފައިވަނީ 6 މީހުންނެވެ.

ކޮސްޓަރިކާގެ ރިކޯޑްތަކަކީ ކޮވިޑް-19 މެނޭޖު ކުރުމުގައި ދުނިޔޭން ބަލައިގެންފައިވާ ނިއުޒީލެންޑާ ދާދި އެއް ހަމައެއްގައި ފާހަގަ ކުރެވޭ ރެކޯޑްތަކެކެވެ. ނިއުޒީލެންޑުގައި މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބަލި ޖެހިފައިވަނީ، 1،488 މީހުންނަށެވެ. މަރުވެފައިވަނީ 21 މީހުންނެވެ. މި ދެ ގައުމުގެ އާބާދީ އުޅެނީ ދާދި އެއް ހަމަ އެއްގައެވެ.

ކޮސްޓަރިކާގެ ރެކޯޑްތަކުން މިހާރު ފެންނަ ގޮތުގައި ބައްޔަށް އަލަށް ޕޮސިޓިވް ވާ މީހުންނަށް ވުރެ ބަލި ފަސޭހަވެގެން ދޫކޮށްލާ މީހުންގެ އަދަދު އުޅެނީ މަތީގައެވެ.

ކޮސްޓަރިކާގެ ކާމިޔާބުގެ އެންމެ މުހިންމު އެއް ސަބަބެއް ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޑެނިއެލް ސަލާސް ފާހަގަ ކުރެއްވީ، ރަނގަޅު ވަގުތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެވެ.

ޓިކޯ ޓައިމްސް އަށް ދެއްވި އިންޓަރވިއުއެއްގައި ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ:

ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނު، ބަލި ކޮންޓްރޯލް ކުރުމަށް އެންމެ އެކަށޭނަ ވަގުތުގައި ފިޔަވަޅު އެޅީ، އެއާ އެކު ކުރިމަތިވެފައިވާ ގޮންޖެހުން ރަނގަޅަށް ވިސްނި، ރައްޔިތުންގެ ފަރާތުން ދިނީ ވަރަށް އެދެވޭ އިޖާބެއް.
ކޮސްޓަރިކާގެ ސިއްހަތާ ބެހޭ ވަޒީރު

ކޮސްޓަރިކާގައި އާޢްމު އެއްވުންތައް ބޭއްވުން މާޗް 9 ވަނަ ދުވަހުން ފެށިގެން މަނާކުރިއެވެ. އަދި މާޗް 16 ވަނަ ދުވަހުން ފެށިގެން ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް، އެ މަހުގެ 19ން ފެށިގެން ގައުމުގެ ބޯޑަރު ބަންދު ކުރިއެވެ.

އާބަދީގެ 14،000 މީހުން ބައްޔަށް ޓެސްޓް ކުރެވިފައިވެއެވެ. ބައްޔަށް އަލަށް ޕޮސިޓިވްވާ މީހުންގެ އަދަދު ބަލި ފަސޭހަ ވެގެން ދޫކޮށްލާ މީހުންގެ އަދަދަށް ވުރެ މަތި ވުމާއެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިދޭން ފަށާފައެވެ.

މިގޮތުން މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިއޭޓަރުތަކާއި، ޖިމް ފަދަ ތަންތަން ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ. އެކަމަކު އެއީ ދެ މީހުންގެ ދޭތެރޭގައި 2 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭ ގޮތައް ޝަރުތު ކޮށްފައެވެ.

ބޯކޮށާ ތަންތަނާއި ޒީނަތްތެރި ކުރުމުގެ ޚިދުމަތް ދޭ ތަންތަނުގެ ވިޔަފާރި ކުރުންވެސް ވަނީ ހުއްދަ ދީފައެވެ. އެކަމަކު އަލަށް ޚިދުމަތް ފަށާއިރު، އެތަންތާނގައި ޚިދުމަތް ދޭން ޖެހޭނީ ކުރިން ޚިދުމަތް ދިން އަދަދަށްވުރެ ދެބައި ކުޅަ އެއްބައި ކަސްޓަމަރުންގެ އަދަދަށް ވާ ވަރަށް ކަމަށް އޮތީ ސަރުކާރުން ކަނޑައަޅާފައެވެ.

ކޮސްޓަރިކާގެ ރައީސް ކާލޯސް އަލްވާޑޯ ވިދާޅުވި ކަމަށް ރޮއިޓާސްގައި ބުނެފައިވަނީ، ގައުމަށް ލިބިފައިވާ ކާމިޔާބު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވުމާއެކު، ސަމާލުކަން އެންމެ ތަންކޮޅެއްވެސް ކުޑަކޮށްގެން ނުވާނެ ކަމުގައެވެ.

ފުރަބަންދަށް މަޑުމަޑުން ލުއި ދެމުންދާ އިރު، ދުއްވާ އެއްޗެހީގައި ދަތުރު ކުރުންވެސް ހުއްދަ ދީފައިވާނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ.

ކޮސްޓަރިކާގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން މެއި މަހުގެ 15 އާ ހަމަ އަށް ދަމަހައްޓަން ސަރުކާރުން ނިންމާފައި ވާއިރު، އެ ގައުމަކީ ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ ގައުމެކެވެ.

ފަތުރުވެރިކަމުގެ ސިނާއަތު އަހަރަކު، އެ ގައުމަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު ލިބެއެވެ.

ފުރަބަންދުގެ ސަބަބުން ކޮސްޓަރިކާގެ ޖީ.ޑީ.ޕީ މިއަހަރު 4 އިން ސައްތަ ދަށަށް ދާނެ ކަަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކޮސްޓަރިކާގެ ކާމިޔާބު، އެ ގައުމުގެ އަވައްޓެރި އެހެން ގައުމު ތަކުގެ ނަތީޖާ ތަކާ އަޅާ ކިޔާ އިރު ވަރަށް ސާފުކޮށް ފެނެއެވެ.

އަވައްޓެރި ޕެނަމާ އަކީ ކޮސްޓަރިކާ އަށް ވުރެ އާބާދީ ކުޑަ ގައުމަކަށް ވާ އިރު އެ ގައުމުން މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 7،523 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. 210 މީހުން ބަލީގައި މަރުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
57%
21%
0%
7%
7%
7%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ