ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 18:01
ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް އެކިގައުމުތަކުން ދަނީ ގޮވާލަމުން
ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް އެކިގައުމުތަކުން ދަނީ ގޮވާލަމުން
އޭއެފްޕީ
މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން
ޗައިނާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް އިތުރު އުނދަގޫތަކެއް!
 
އެމެރިކާގެ މި ގައިޑްލައިންއަށް ހޯމަ ދުވަހު އަމަލުކުރަން ފަށާނެ
 
ޗައިނާއިން މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
 
އެމެރިކާއިން ވަނީ ޗައިނާގެ ނޫސްވެރިންނަށް ޚާއްސަކޮށް ވިސާ ގައިޑްލައިންއެއް ނެރިފައި

ޗައިނާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް އުނދަގޫވާ ގޮތަށް އެމެރިކާއިން ވަނީ އިތުރު ވިސާގެ ގައިޑްލައިނެއް ނެރިފައެވެ. އެމެރިކާއިން ނެރިފައިވާ އާ ގައިޑްލައިން އަންނަ ހޯމަ ދުވަހު ތަންފީޒު ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމް ލޭންޑް ސެކިއުރިޓީން ބުނީ މިކަން މިގޮތަށް ކުރީ ޗައިނާއިން ވެސް ނޫސްވެރިންނާ ދެކޮޅަށް އެޤައުމުގައި އަޅާ ފިޔަވަޅުތަކާ ދެކޮޅަށްކަމަށާއި ޗައިނާއިން މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މާރޗްމަހު ޗައިނާއިން ވަނީ އެމެރިކާގެ ނޫސްވެރިންގެ ތަކެއް ޗައިނާއިން ބޭރުކޮށްފައެވެ. ކޮވިޑް-19އާ ގުޅިގެން ޗައިނާ އާއި އެމެރިކާއާއި ދެގައުމުގެ ދެމެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް