ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 20:50
ސްރީލަންކާގެ ރައީސް، އެމެރިކއެމެރިކާ ރައްޔިތުންގެ ލިސްޓުން ވަކިވެވަޑައިގެންނެވީ ރިޔާސަތައް ކުރިމަތިލައްވަން
ސްރީލަންކާގެ ރައީސް، އެމެރިކއެމެރިކާ ރައްޔިތުންގެ ލިސްޓުން ވަކިވެވަޑައިގެންނެވީ ރިޔާސަތައް ކުރިމަތިލައްވަން
ކޮލޮމްބޯ ގެޒެޓް
އެމެރިކާ ރައްޔިތުކަމުން އުނިކުރުން
އެމެރިކާގެ ރައްޔިތުކަން ސްރީލަންކާގެ ރައީސަށް ގެއްލިއްޖެ
 
އެހެން ޤައުމެއްގެ ރައްޔިތަކަށް ސްރީލަންކާގެ ރިޔާސަތައް ވަޑައިނުގެންނެވޭނެ
 
ސްރީލަންކާ ރައީސްގެ ނަންފުޅު އުނިކުރިކަން ހާމަވީ ހުކުރު ދުވަހު ޢާންމުކުރި ލިސްޓުގައި
 
އެމެރިކާއިން އަހަރަކު ތިން ފަހަރު ފެޑެރަލް ރަޖިސްޓަރީ މުރާޖަޢާ ކުރޭ

އެމެރިކާގެ ރައްޔިތުކަން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ގެއްލިވަޑައިގެންފިއެވެ.

އެމެރިކާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުކަން ދީފައިވާ އެހެނިހެން ޤައުމުތަކުގެ މީހުންގެ ލިސްޓު މުރާޖަޢާކޮށް ހުކުރު ދުވަހު އެޤައުމުން ޢާންމު ކުރި އުނި ކުރ މީހުންގެ ނުވަތަ ފެޑެރަލް ރެޖިސްޓްރީ ލިސްޓުގައި ސްރީލަންކާ ރައީސްގެ ނަންފުޅު ހިމަނާފައިވެއެވެ.

އެމެރިކާގެ އިންޓަރނަލް ރެވެނިއު ސަރވިސްގެ މަޢުލޫމާތައް ރިޢާޔަތްކުރުމަށްފަހު، ކޮންމެ އަހަރަކު ތިން ފަހަރު މި ލިސްޓު އެމެރިކާ ސަރުކާރުން ދަނީ ހާމަކުރަމުންނެވެ. މީގެތެރޭގައި ރުހުމުން ރައްޔިތުކަން ދޫކޮށްލާ މީހުންނާއި، އެމެރިކާ ސަރުކާރަށް ފެނިގެން ރައްޔިތުކަމުން އުނިކުރާ މީހުން ފެޑެރަލް ރެޖިސްޓްރީގައި ހިމަނައެވެ.

އެހެންކަމުން މި ލިސްޓުގައި ހިމެނުމުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް އެމެރިކާގެ ރައްޔިތުކަން ގެއްލި، ރައްޔިތަކަށްވީތީ ލިބެމުން އައި ހުރިހައި މަންފާއެއް ކެނޑިގެން ދާނެއެވެ. އަދި ޑުއަލް ޕާސްޕޯޓުވެސް އުވިގެންދާނެއެވެ.

އެމެރިކާ ސަރުކާރުން ހުކުރު ދުވަހު ޢާންމު ކުރި ފެޑެރަލް ރަޖިސްޓަރީ

ސްރީލަންކާގެ ޤާނޫނު ބުނާ ގޮތުންނަމަ އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވަތަ އެހެން ޤައުމެއްގެ ޑުއަލް ޕާސްޕޯޓް އޮންނަ ފަރާތަކައް ސްރީލަންކާގެ ރިޔާސަތައް ވަޑައިނުގެންނެވޭނެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަވެސް ނުކުރެއްވޭނެއެވެ.

ސްރީލަންކާގެ ރައީސް ސްރީލަންކާގެ ރައްޔިތުކަމުން ވަކިވުމަށް އެދިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެމަނިކުފާނު ވަނީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
50%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ