Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 04:31
ހިސާން ހުސައިން ޖަލްސާއެއްގައި ވާހަކަދައްވަނީ
ހިސާން ހުސައިން ޖަލްސާއެއްގައި ވާހަކަދައްވަނީ
މޯލްޑިވްސް އަޕްރައިޒިންގް
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ
ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން
ފުލުހުން ބޭނުންކޮށްގެން ރައީސް ކުރައްވަމުންދާ މަސައްކަތަކަށް ސަމާލުވުމަށް ގޮވާލެއްވި
ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން އަންނަނީ ދެ ރޭން އެއް ރޭ ކުނޫޒްގައި ޖަލްސާ ބާއްވަމުން
ގައުމުގެ ދިފާއުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ

މިސަރުކާރަކީ ޑިމޮކްރެޓިވް ވެރިކަމެކޭ ބުނެ ރައީސް އަބްދުﷲ ޔާމީން ދަނީ އެމަނިކުފާނަށް ނުރުހުންވާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ކަމަށާއި އެފަދަ ޑިމޮކްރެޓިވް ވެރިކަމެއް ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ހުރިހާ ޕާޓީތައް ގުޅިގެން ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމަކީ ވަރަށް މުހިއްމު ނިންމެވުމެއް ކަމަށެވެ. މިއީ ދިވެހި ގައުމުގެ ދިފާއުގައި ހުރިހާ ޕާޓީތައް ގުޅިގެން ފެށި މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅިފައިވާ ތަނެއް ކަމަށާއި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގެ ވިންދަކީ ރައްޔިތުންގެ މަޖިލީސް ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ރައްޔިތުންގެ މަންދޫބުންކަން ފާހަގަކުރައްވާ ހިސާން ވިދާޅުވި، މަޖިލީހުން ފެނިގެންދަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ޖީބަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފެނިގެންދަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ރައީސް ޔާމީންގެ ކެބިނެޓް މެންބަރުންވެސް ޖަވާބުދާރީ ނުކުރެވޭނެ ގޮތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަމުންދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.


މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުރު ވަރަށް ފުޅާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށްޓަކައި ނުވަތަ ގައުމަށްޓަކައި ނޫން ކަމަށާއި އެހެން ނަމަވެސް މިހާރު އެމަނިކުފާނުގެ މަސައްކަތްތައް ކުރައްވާ ގޮތުން ފެނިގެންދަނީ ރައީސް ޔާމީނަށްޓަކައި މަސައްކަތް ކުރައްވަމުންދާ މަންޒަރު ކަމަށެވެ.

ހިސާން ވިދާޅުވީ، ސަރުކާރުން ޑިމޮކްރެޓިވް ވެރިކަމެއް އޮތް ކަމަށް ވިދާޅުވަމުންދާ އިރު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ބަޔާންތައް ނެރުއްވަނީ، ޑިމޮކްރަސީގެ މަގަށް ރައީސް ޔާމީނުގެ ވެރިކަން ރުޖޫއަވުމަށް އެދި ކަމަށެވެ.

"ރައީސް ޔާމީންގެ ޑިމޮކްރަޓިކް ވެރިކަމުގައި އެމަނިކުފާނާ ދެކޮޅު ހަދާ އެންމެންނަށް ފިއްތުންތައް ކުރިމަތިކޮށް، ޖަލަށްލާ ތަން ފެނިގެންދަނީ. މިފަދަ ޑިމޮކްރެޓިވް ވެރިކަމެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ގާނޫނީ ވެރިކަމެއް." ހިސާން ވިދާޅުވި އެވެ.

ހިސާން ވަނީ ފުލުހުންގެ ބޭނުން ކޮށްގެން ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ނާޖައިޒް ފާއިދާތައް ހާސިލު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ، މިކަންކަމަށް ފުލުހުން ސަމާލުވުމަށް ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޭޕްރިލް 2017 | އަންގާރަ 22:33
ހ މ ޒ
ޒުވާނުންދެކެ ރައީސް ޔާމީން އާއި އެއްވަރަށް ލޯބިވާނެ ބަފައެއް ނުލިބޭނެ!؟