ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 12:31
ޗައިނާގެ މަގެއްގެ މަތީގައި މީހަކު ހިނގާފައި ދަނީ
ޗައިނާގެ މަގެއްގެ މަތީގައި މީހަކު ހިނގާފައި ދަނީ
ރޮއިޓަރސް
ކޮވިޑް-19: ޗައިނާގެ ހާލަތު
ޗައިނާއިން އިއްޔެ ކޮވިޑް-19 ޖެހުނީ އެންމެ މީހަކަށް
 
ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި ޕޮޒިޓިވްވާ މީހުން ޗައިނާގައި އަދިވެސް އަންނަނީ ފެންނަމުން
 
ޗައިނާގައި 82،887 މީހުންނަށް ވައިރަސް ޖެހިފައިވޭ
 
ޗައިނާގައި މިހާރު ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައި

ޗައިނާގައި ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއްކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު އޮތޯރިޓީން ބުނެފިއެވެ.

އޭގެކުރީ ދުވަހުވެސް އެގައުމުގައި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެންމެ މީހެކެވެ. ހުކުރު ދުވަހު ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ އެގައުމަށް އެތެރެވި މީހެއްގެ ފުށުންނެވެ. އެހެންނަމަވެސް ހުކުރު ދުވަހު ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި 15 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެކުރީ ދުވަހު މިގޮތަށް 16 މީހަކު ވަނީ ފެނިފަ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާއަށް ވާއިރު އެގައުމުގައި މިހާރު ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވިފަ އެވެ. އެހެންނަމަވެސް ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި ޕޮޒިޓިވްވާ މީހުން ޗައިނާގައި އަދިވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން އެފަދަ ދެހާހަށްވުރެ ގިނަ މީހުން މިހާރު ޗައިނާގައި އުޅޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގައި 82،887 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ވައިރަސް ޖެހިގެން މަރުވެފައިވަނީ 4633 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ