އެކި ފްލޭވަރގެ ކޭކަކީ ދިވެހިންގެ މެދުގައި މަޤުބޫލު އެއްޗެކެވެ. މިފަހަރު މިއޮތީ ރަވާ ކޭކެކެއެވެ. މި ކޭކަށް ޢާންމު ގޮތެއްގައި ކޭކު އެޅުމަށް ބޭނުންކުރާ ބާވަތްތައް އަޅާކަށް ނުޖެހޭނެއެވެ. ލޮކްޑައުންގައި ގޭގައި ތިއްބަވާއިރު، ވީހާވެސް ބޮޑަށް ގޭގަ ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކޮށްލުން ރަނގަޅުވާނެއެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 1 އާދައިގެ ބޯތައްޓެއްގެ ރަވާ
  • 1/2 ޖޯޑު ހަކުރު
  • 1/2 ސަމުސާ ބޭކިންގ ސޮޑާ
  • 1 ސަމުސާ ބޭކިން ޕައުޑަރ
  • 5 މޭޒުމަތީ ސަމުސާ ތެޔޮ
  • 1/2 ތަށި މިލްކ
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 1/2 ޖޯޑު ކާރޑް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބޯތައްޓަކަށް ރަވާ، ހަކުރު އަޅައިގެން ރަނގަޅަށް ސަމްސަލަކުން މިކްސް ކޮށްލާށެވެ. ދެން ބޭކިންގ ސޮޑާ، ބޭކިންގ ޕައުޑަރ، ލޮނު، ތެޔޮ، މިލްކު، ވެނީލާ އެސެންސް އަޅައިގެން ގިރާލާށެވެ. އެއަށްފަހު 30 މިނިޓް މަތި ޖަހާފައި ބަހައްޓާށެވެ. ދެން އޭގެތެރެއަށް ކާރޑް އެޅުމަށްފަހު ހޭންޑް މިކްސަރ އަކުން ގިރާލާށެވެ.

ދެން ޓްރޭއެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު ގިރި ރަވާތަށި ޓްރޭގެ ތެރެއަށް އަޅާލާށެވެ. އަވަން 15 މިނިޓް ހޫނުކޮށްލުމަށްފަހު، 210 ޑިގްރީގައި 25 މިނިޓް ފިހެލާށެވެ.

- ކޮމެންޓް