ޗޮކްލެޓް ކޭކް ކަމުދާ ފަރާތްތަކަށް މި ކޭކް މީރުވާނެއެވެ. މިއީ ގެރިކިރު ނުވަތަ އެއްވެސް ކަހަލަ ބަޓަރެއް ބޭނުން ނުކޮށް އަޅާފައިވާ ކޭކެކެއެވެ.

ސޫޖީ ޗޮކްލެޓް ކޭކް

  • 1 ޖޯޑު ސޫޖީ
  • 1/2 ޖޯޑު ފްރެޝް ކާރޑް
  • 1/2 ޖޯޑު ހަކުރު
  • 1/4 ޖޯޑު ކޮކޯ ޕައުޑަރ
  • 1/4 ޖޯޑު ތެޔޮ
  • 1/2 ޖޯޑު މިލްކް
  • 3 ސަމުސާ ކިރު
  • 1 ސައި ސަމުސާ ބޭކިންގ ބައުޑަރ
  • ޗޮކްލެޓް ސްޕްރެޑް ނުވަތަ މެލްޓެޑް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ސޫޖީ މިކްސްޗަރަށް އަޅާފައި ހިމުންކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކާރޑް، ހަކުރު، ކޮކޯޕައުޑަރ، ތެޔޮ، ކިރު އަޅައިގެން 30 ސިކުންތު މިކްސަރުން ގިރާލާށެވެ. ގިރާ ނިމުމުން ބޯތައްޓަކަށް އަޅާލުމަށްފަހު މަތި ޖަހާފަ 30 މިނިޓް ބަހައްޓާށެވެ.

ޓްރޭއެއްގައި ތެޔޮ ފޮދެއްގައި ހޭކުމަށްފަހު ޓްރޭގެ އަޑީގައި ތުނި ކަރުދާސްކޮޅެއް އެއްވަރަށް އެޅުމަށްފަހު އޭގެ މަތީގައި އަނެއްކާވެސް ތެޔޮ ހާކާލާށެވެ. ދެން ކުރިން ތައްޔާރުކުރުކޮށް ބެހެއްޓި ކޭކު މިކްސް ޓްރޭގެ ތެރެއަށް އަޅާލުމަށްފަހު، 180 ޑިގްރީ ސެލްސިއަސްގައި 35 މިނިޓް ފިހެލާށެވެ. ފިހެ ނިމުމުން މަތީ ލޭޔަރު އެއްވަރަށް ތުނިކޮށް ކަފާލާށެވެ. ދެން އޭގެ މަތީގައި ޗޮކްލެޓް ހޭކުމަށްފަހު، ގާނިޝްކޮށްލުމަށް ޝުގަރ ބޯލްވެސް އެޅިދާނެއެވެ.

- ކޮމެންޓް