Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 01:14
ޑިފެންސް މިނިސްޓަރ އެސްއޯޕީ ނެރެދެއްވަނީ
ޑިފެންސް މިނިސްޓަރ އެސްއޯޕީ ނެރެދެއްވަނީ
އެމްއެންޑީއެފް
ފަޔަރ އެންޑް ރެސްކިއު
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
އެސްއޯޕީގައި އެލާރޓް ކުރެވޭ ގޮތާއި ބޭނުންކުރާނެ އާލާތްތައް ވަނީ ކަނޑައަޅާފައި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ޢަމަލު ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ނެރެދެއްވައިފިއެވެ.

މި އެސްއޯޕީ ނެރެދެއްވާފައި ވަނީ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު ފެށި ވޯކްޝޮޕް ނިންމުމަށް ކޯސްޓްގާޑް ބިލްޑިންގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. އުސް އިމާރާތްތަކުގެ ހިނގާފާނެ އަލިފާނުގެ ހާދިސާތަކާއި މި ފަދަ ހާދިސާތަކުގައި އެލާޓްކުރެވޭނެ ގޮތްތަކާއި ބޭނުންކުރާނެ އާލާތްތަކާއި އެންމެ ފުރަތަމަ ހަރަކާތްތެރިވާނީ ކިތައް ޓީމްކަން މި އެސްއޯޕީގައި ވަނީ ކަނޑައަޅާފައެވެ.

މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. އަދި ޝަރަފުވެރި މެހެމާނު ވަނީ ވޯކްޝޮޕްގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވީ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުޙުރީއެވެ.

މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުޙުރީ އާއި އެޔުނިޓްގެ ބައެއް އޮފިސަރުންން ބައިވެރިވެފައި ވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް