އަލްޖީރިއާގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުޔެއްދީފި އެވެ.
މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލްޖީރިއާގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޭގަނޑު އިއުލާންކުރާ ކާފިއު ވަގުތު މަދުކޮށް، ބައެއް ހިސާބުތަކުން ފުލް ލޮކްޑައުން ނަގާފައިވާ ކަމަށެވެ.
ޕްރައިމް މިނިސްޓަރުގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ބްލީޑަރ ޕްރޮވިންސްގައި އިއުލާން ކޮށްފައިވާ ފުލް ލޮކްޑައުން މިހާރު ވަނީ އުފާލާފައެވެ. އަދި ވަކި ވަގުތެއްގައި ކާފިއު އިއުލާން ކުރުމަށް ނިންމާފައިވެއެވެ.
އެގޮތުން ދަންވަރު 2:00ން ހެނދުނު 7:00ށް ކާފިއު އިއުލާން ކުރުމަށް ވަނީ ޖެހިފައިވެއެވެ. އަދި އިތުރު 9 ޕްރޮވިންސްއެއްގައި ރޭގަނޑު 3:00ން ހެނދުނު 7:00ށް ކާފިއު އިއުލާން ކުރުމަށް ނިންމާފައިވެއެވެ.
އަލްޖީރިއާގައި މިލުއިތައް ދިން ކަމުގައި ވިއަސް ރައްޔިތުން ވީހާ ވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާގެން އުޅުމަށް އެގައުމުގެ ސަރުކާރުން އަންގާފައިވެއެވެ.
ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެމުންދާއިރު، މިހާތަނަށް އަލްޖީރިއާގައި 3000 ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 400 ށްވުރެ މަރުވެފައިއެވެ. 1000 ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވެއެވެ.