ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 10:30
މި ފިލުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްވެސް ފެނިގެންދޭ
ބޮލީވުޑް ލައިފް
ބޮލީވުޑްގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ
ލޮކްޑައުންގެ ސަބަބުން ބޮލީވުޑްގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަށް 15 ކްރޯޑުގެ ގެއްލުމެއް
އެ ސެޓަށް 15 ކްރޯޑް ރުޕީސް ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
ލޮކްޑައުންގެ ސަބަބުން ސެޓް ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދޭ
މިއީ 1960 ގައި ހިނގާފައިވާ ހާދިސާއެއްގެ މަންޒަރުތައް ދައްކުވާ ފިލްމެއް

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވުމުގެ ސަބަބުން ހިންދީ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއަށް 15 ކްރޯޑުގެ ގެއްލުމެއް ލިބިއްޖެއެވެ.

ބޮލީވުޑް ލައިފްގައި ރިޕޯޓުކޮށްފައިވާ ގޮތުން ފުރަބަންދު އުވާލާނެ ތާރީޚެއް ކަށަވަރު ނުވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ސަންޖޭގެ ފިލްމު "ގަންގޫ ބާއި ކަތިއާވަޑީ" ގެ މަންޒަރުތައް ނެގުމަށް ތައްޔާރުކުރި ޚާއްޞަ ސެޓް ވަނީ ރޫޅާލަން ޖެހިފައެވެ. އެގޮތުން އެ ސެޓަށް 15 ކްރޯޑް ރުޕީސް ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފުރަބަންދުގެ ސަބަބުން ސެޓް ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދިއުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވިފައިވާތީ މިވަގުތު ސެޓް ރޫޅާލުން ނޫން ގޮތެއް ނެތެވެ. އެގޮތުން 1960 ގައި ހިނގާފައިވާ ޙާދިސާއެއްގެ މަންޒަރުތައް ދައްކުވައިދިނުމަށް ހަދާފައިވާ މި ސެޓަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިއަހަރުގެ ސެޕްޓެމންބަރު މަހުގެ 11 ވަނަ ދުވަހު މި ފިލްމު ރިލީސް ކުރުމަށް ކުރިން ތާވަލުކޮށްފައިވީ ނަމަވެސް، ފިލްމުގެ މަންޒަރުތައް އަލުން ނެގޭނެ އިރެއް ނޭނގޭތީ ފިލްމު އަޅުވާ ތާރީޚު ވަނީ ފަސްކޮށްފައެވެ.

މި ފިލުމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްވެސް ފެނިގެންދާއިރު، ފިލުމުން ބަޠަލެއްގެ ރޯލުން ފެނިގެންދާނީ ސަލްމާން ޚާން ކަމަށް އަޑު ފެތުރިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް